ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 800،000 ހުރަސްކޮށްފި އެވެ.
ވީ ކިހިނެއްް؟ - ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެގެ ނިޔަލަށް 806،110 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 749،225އަށް ވުރެ %7.6 އިތުރު އަދަދެކެވެ.
ތަފްސީލް - މި މަސް ތެރޭގައި 173،692 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 145،221 ފަތުރުވެރިންނަށް ވުރެ %19.6 އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަސް ގައުމަކީ:
ޗައިނާ - 87،731 (ޖުމްލަ ފަތުރުވެރިންގެ %10.9)
އިނގިރޭސިވިލާތް - 85،690 (ޖުމްލަ ފަތުރުވެރިންގެ %10.6)
ރަޝިއާ - 82،833 (ޖުމްލަ ފަތުރުވެރިންގެ %10.3)
އިޓަލީ - 74،437 (ޖުމްލަ ފަތުރުވެރިންގެ %9.2)
ޖަރުމަނު - 62،346 (ޖުމްލަ ފަތުރުވެރިންގެ %7.7)
ރާއްޖެއަށް ދެން އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާގެ އިތުރުން ފްރާންސް، އެމެރިކާ، ސްވިޓްޒަލެންޑު އަދި ޕޮލެންޑުންނެވެ.
މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން:
ރިސޯޓުތަކަށް - %70.2 މީހުން
ގެސްޓުހައުސްތަކަށް - %24.2 މީހުން
ހޮޓާތަކަށް - %3 މީހުން
ސަފާރީތަކަށް - %2.5 މީހުން
ފާހަގަކޮށްލެވޭ - މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 8 ލައްކަ ހުރަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ