ލެވަކޫސަން ވިއްދާފައި އޮއްވައި ބަޔާން ލީގާ ގާތަށް ލެވަކޫސަން ވިއްދާފައި އޮއްވައި ބަޔާން ލީގާ ގާތަށް

މިއުނިކް (އޭޕްރީލް 26) - ޖަރުމަނު ލީގުގައި މިރޭ މައިންޒް އަތުން 3-0 މޮޅުވެ، ބަޔާން މިއުނިކުން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން ވެސް ކުޅުނު މެޗުން އޮއުސްބާގު އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ.
އެކަމަކު، އަންނަ ހަފްތާގައި ބަޔާނުން ލައިޕްޒިގު ބަލިކޮށްފިނަމަ، ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. ބަޔާން، މި ވަގުތު އެއް ވަނައިގައި އޮތީ 31 މެޗުން 75 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެވަކޫސަން އަށް 31 މެޗުން ލިބިފައިވަނީ، 67 ޕޮއިންޓެވެ.
ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ވެސް މައިންޒް ކޮޅަށް ދެ ގޯލު ޖެހި އެވެ. އެ ގޮތުން، ފުރަތަމަ ގޯލު ޖެހީ 27 ވަނަ މިނިޓްގައި ލެރޯއި ސާނޭ އެވެ. މިއީ، ކޮންރަޑް ލައިމާ ދިން ބޯޅައަކުން ސާނޭ ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުގެ ދެ ވަނަ ގޯލު ޖެހީ، މައިކަލް އޮލީސޭ އެވެ. މި ގޯލު ޖަހަން ވެސް ފުރުސަތު ހޯދައިދިނީ އޮސްޓްރިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު، ލައިމާ އެވެ.
ދެ ވަނަ ހާފުގައި ބަޔާންގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި އޮއްވައި، އެރިކް ޑަޔާ ޖެހި ގޯލުންނެވެ. މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، އޮލީސޭ އެެވެ. މި މެޗުގެ ފަހު ހާފުގައި ކުޅެން އެރި ތޯމަސް މުލާ އަށް މިއީ ހާއްސަ މެޗެކެވެ. މިއީ ޖަރުމަނު ލީގުގައި އޭނާގެ 500 ވަނަ މެޗެވެ.
އޮއުސްބާގު ކޮޅަށް ލެވަކޫސަންގެ ފުރަތަމަ ގޯލު ޖެހީ، 13 ވަނަ މިނިޓްގައި ނޭތަން ޓެލާ ދިން ބޯޅައަކުން ޕެޓްރިކް ޝިކް އެވެ. އަދި، އޭގެ 10 ވަރަކަށް ފަހު ޓެލާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލެވަކޫސަންގެ ދެ ވަނަ ގޯލު ޖެހީ އެމިލިއާނޯ ބުއެންޑީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ