އެސްޓީއޯއާއި ވެލިގާ ގުޅިގެން "ނިޕޯން" ޕެއިންޓްގެ ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއިއެކު ވަނީ 2 ފެބްރުއަރީގައި ފަށާފައެވެ.
މިއަހަރުގެ ރޯދަ ސޭލް ފައްޓަވައި ދެއްވީ އެސްޓީއޯގެ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ.
ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއްލިބޭނެ.
މިއަހަރު ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެން ދާނެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއާއި ވެލިގާ ގުޅިގެން "ނިޕޯން" ޕެއިންޓްގެ ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ