ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާ އާއި ދެމެދު އިންވެސްޓްމަންޓް މަޝްރޫޢުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައި ވަނީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުﷲ މުއްޠަލިބް، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު ހަތަރުވަނަ ރިއަލް އެސްޓޭޓް ފިއުޗަރ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ މުނިސިޕަލިޓީސް އެންޑް ހައުސިންގ މިނިސްޓަރ މާޖިދު ބިން ޢަބްދުﷲ އަލް-ހުގައިލްއާ އާއި އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ތަރައްޤީއާއި ކުރިއެރުމަށް އިންވެސްޓްމަންޓް މަޝްރޫޢުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، މިނިސްޓަރ މުއްޠަލިބް ވަނީ "ނިއު ފްރޮންޓިއަރސް: ބެލެންސް އެންޑް އިނޮވޭޝަން އިން ދަ ރިއަލް އެސްޓޭޓް ލޭންޑްސްކޭޕް" މައުޟޫޢުގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި މުހިންމު ވާހަކަފުޅު ތަކެއް ދެއްކެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާފައެވެ.
މި ފޯރަމަކީ ރިއަލް އެސްޓޭޓް ދާއިރާގެ މުސްތަޤުބަލާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މިނިސްޓަރ މުއްޠަލިބްގެ މި ދަތުރުފުޅުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރިއަލް އެސްޓޭޓް އަދި ހައުސިންގ ދާއިރާގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އިންވެސްޓްމަންޓް އިތުރުކުރަން ސައުދީ އަރަބިއްޔާއާ މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ