އިމުގެ ތެރެއިން އީދު ފާހަގަ ކުރާ ފަރާތްތަކަށް ސަލަފުން ހިތްވަރު ދީފި

އިސްލާމީ އުސޫލުތަކާއި އެއްގޮތައް އީދު އުފާ ފާޅުކުރަމުން އަންނަ ކައުންސިލުންތަކާއި ޖަމިއްޔާތަކަށް ރާއްޖެ އެންމެ ފުޅާކޮށް ދީނީ ހޭލުންތެރިކަން ފަތުރާ މަދަނީ ޖަމިއްޔާ ކަމުގައިވާ ޖަމިއްޔަތުއްސަލަފުން ހިތްވަރު ދީފި އެވެ.
ސަލަފުން މިކަން ބަޔާންކޮށް މިއަދު ވަނީ މީސްމީޑިޔާގައި ޕޯސްޓެއް ކޮށްފަ އެވެ.
އެ ޖަމިއްޔާ އިން ބުނީ އީދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެއް ކަމަށެވެ.
ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްލާމީ އިމުގެ ތެރޭގައި އީދު އުފާފާޅު ކުރާކަމީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ. އެފަދަ ކުޅިވަރުތައް އިންތިޒާމު ކުރާ ފަރާތްތަކަށް ހިތްވަރު ދޭ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިހާރު ކުރިޔަށްދާ 1446 ވަަނަ އަހަރުގެ އަލްހާ އީދުގައި ދީނުގެ އިމުގެ ތެރޭގައި އީދު ފާހަގަކުރާ ބައެއް ކައުންސިލުތަކާއި ޖަމިއްޔާތަކުގެ ފޭސްބުކު ޕޭޖްގެ ލިންކުތައް ވެސް އެޕޯސްޓުގައި ހިމަނާފައިވެ އެވެ. އެގޮތުން އދ. ދަނގެތި ޖަމިއްޔަތުލް ގަލަމުން ކުރިއަށް ގެންދާ ޢީދު އުފާ 1446 އާއި ހދ. މަކުނުދޫ ކައުންސިލުން ގެންދާ އީދު ކުޅިވަރުތައް އަދި ރ. ކިނޮޅަސް ގައި ކުރިއަށް ދާ އީދު ފޯރީގެ ހަރަކާތްތައް ފާހަގަ ކޮށްފައިވެ އެވެ. އަދި ހުރިހާ ބޭފުޅުން ވެސް އެފަދަ ކުޅިވަރުތައް ފެތެރުމަށް ސަލަފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ