ރައިސިނާ ޑައިލޮގުގައި ބައިވެރިވާން މިނިސްޓަރު ހަލީލު އިންޑިއާއަށް

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލު އިންޑިއާއަށް ވަޑައިގެންފި އެވެ.މިއަދު ހެނދުނު ދިއްލީއިން ހަލީލަށް މަރުހަބާ ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކުރައްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ހަލީލު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާ ކުރުމުގެ މުހިއްމު ކަމާ ގުޅިގެން ވެސް މިނިސްޓަރު އަލިއަޅުއްވާލައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.އެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ރައިސީނާ ޑައިލޮގަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިސްވެރިންނާ ވެސް ހަލީލް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ