މުއާސަލާތީ ގޮތުން އޮތް ގޮންޖެހުމަކީ ހަލުއި ސްޕީޑުގެ އިންޓަނެޓް ނެތުން: އުމަރު

މިނިސްޓަރު ވިދާޅުވީ އާބާދީ ކުދި އެކަހެރި ރަށްތަކެއް އޮތް ރާއްޖެ ކަހަލަ ގައުމަކުން (އައިސީޓީ)ގެ ހިދުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަމަ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ލިބޭނެ ކަމަށާއި މުވާސަލާތީ ޓެކްނޮލިޖީއަކީ ރާއްޖޭގައި ވެސް ދިރިއުޅުމާއި ތަރައްގީގެ ކަންކަމުގައި އައު ގޮތްތަކާއި ކުރިއެރުންތަކަށް މަގު ފަހިކޮށްދެމުންދާ ވަސީލަތެއް  ކަމަށެވެ.
އުމަރު ވިދާޅުވީ ތައުލީމާއި ސިއްހީ ދާއިރާގައި އައިސީޓީ ބޭނުންކުރުން އިތުރު ކަމަށާއި ގައުމީ ބްރޯޑްބޭންޑް ސިޔާސަތު ފުރިހަމަ އަށް ތަންފީޒުކުރެވުމުން، ރާއްޖޭގައި ދޭ ޓެލެކޮމިއުނިކޭޝަނާއި އައިސީޓީގެ ހިދުމަތްތައް އިތުރަށް ފުޅާވެ ތަރައްގީވެގެން އަންނާނެ ކަމަށެވެ. އަދި އެ ދެ ވަސީލަތަކީ ރާއްޖޭގެ ކުރިއެރުމަށް މިއަދު އެންމެ މުހިއްމު އެއް ވަސީލަތް ނަމަވެސް އައިސީޓީގެ ހިދުމަތްތައް ރަނގަޅު ނޫން ގޮތްގޮތަށް ވެސް ބޭނުންކުރަމުންދާ ކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ