މި މަހު 30ވާ އާދީއްތަ ދުވަހަކީ، ފިތުރު އީދު ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައިސް އަދި ފަލަކީ އިލުމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ވާނީ މި މަހު 31 ވާ ހޯމަ ދުވަހަށެވެ.
ތަފްސީލް - ނަމަވެސް، ހަނދު ބެލުން ފަދަ ކަންކަމުގައި ގިނަ ބައެއްގެ އިތުބާރު އޮތް މައޫމުން، އޮންލައިން ނޫސް 'ވޮއިސް'އަށް ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވިގޮތުގައި ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އާދީއްތަ ދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، ރާއްޖެއަށް ވެސް ވާނީ އެގޮތަށް ކަމަށް ބެލެވެ އެވެ.
ބުނީ ކީކޭ؟ - އެ ލިޔުމުގައި މައުމޫން ވިދާޅުވި ގޮތުގައި ސައުދީ އަރަބިއްޔާ، މިސްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކަ އެވެ. އެހެންވެ، މާޗް 29 ވާ ހޮނިހިރު ދުވަހަކީ ރޯދަ މަހުގެ ފަހު ދުވަހަށްވެ، ފިތުރު އީދު ވަނީ، ޖެހިގެން އަންނަ މާޗް 30 ވާ އާދީއްތަ ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.
"އެ ދުވަހު [މާޗް 20ގައި] ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައެވެ. ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައެވެ. އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ،" މައުމޫން ވިދާޅުވި އެވެ.
"އެއީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ހަމަތަކުގެ އަލީގައެވެ."
އެނގުން މުހިއްމު - ހަނދު ސާބިތު އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާންކުރާނެ އެވެ.
އީދު ދުވަސް ވާނީ އާދީއްތައަށް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ