ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި އިސްކަން އަރަބި ދުނިޔެއަށް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބައިވެރިވާ ބޭރުގެ ފެއާތަކުގެ ތެރެއިން މިއަހަރު އެންމެ އިސްކަން ދޭ ފެއާއަކީ އެރެބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ28 ގައި ފަށާ އޭޓީއެމް ފެއާ އަށް ރާއްޖެއިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޝިއުރީ ވިދާޅުވީ އޭޓީއެމް އަކީ ދުނިޔޭގެ ނިސްބަތުން ވެސް މިހާރު ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ވަރުގަދަ، އެންމެ ބޮޑު އެއް ފެއާ ކަމަށެވެ.
ތަފްސީލް - ދުބާއީގައި އޮންނަ އޭޓީއެމް ފެއާ އަކީ މިއަހަރު އެމްއެމްޕީއާރުސީން ވެސް އެންމެ އިސްކަންދޭ ފެއާ ކަމަށާއި މީގެ ކުރިން އައިޓީބީ ފަދަ ފެއާތަކުގައި ރާއްޖެއިން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތައް މި އަހަރު އޭޓީއެމް ފެއާގައި ކުރިއަށް ގެންދާނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ. އެގޮތުން:
މީގެ ކުރިން އައިޓީބީ ފެއާގައި ކުރިއަށް ގެންދިޔަ މޯލްޑިވިއަން ނައިޓު މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވަނީ އޭޓީއެމް ފެއާގައި 
މި ބަދަލަކީ އިންޑަސްޓްރީގެ ގިނަ ބަޔެއްގެ ލަފަޔާއި ހިޔާލުގެ މައްޗަށް ގެނައި ބަދަލެއް ކަމަށް ޝިއުރީ ވިދާޅުވި 
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވެސް އިންޑަސްޓްރީގެ ހުރިހާ އެންމެންނާ ވެސް ގާތުން މަސައްކަތްކޮށްގެން، އެބޭފުޅުންގެ ވެސް ލަފަޔާއި އިރުޝާދުގެ މަތިން،" އޭނާ ވިދާޅުވި އެވެ.
ޝިއުރީ ވިދާޅުވީ އުއްމީދަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ކުރުން ކަމަށެވެ.
މި އަހަރުގެ އޭޓީއެމް ފެއާގައި 160 އަށް ވުރެ ގިނަ ގައުމުން 46،000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވާނެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބްލޮގަރުންނާއި އެތައް ހާސް މީޑިއާ އަކުން ވެސް އޭޓީއެމް ފެއާގައި ބައިވެރިވާނެ އެވެ.
ރާއްޖެއިން މިއަހަރުގެ ފެއާގައި 230 ބައިވެރިންނާއެކު 111 އެގްޒިބިޓަރުން ބައިވެެރިވެ އެވެ.
ޝިއުރީ ވިދާޅުވީ އުއްމީދަކީ މި ފެއާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން އައުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ