އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ސަރުކާރަށް ދިނުމަށް ފަހު މަޖިލިސް ޗުއްޓީއަށް އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ސަރުކާރަށް ދިނުމަށް ފަހު މަޖިލިސް ޗުއްޓީއަށް

އަދުލު އިންސާފު ގާއިމު ކުުރުމުގެ އެންމެ މަތީ ކޯޓުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މަގުފަހިކޮށްދިނުމަށްފަހު ރައްޔިތުންގެ މަޖިލިސް ދެ ހަފުތާގެ ޗުއްޓީއަކަށް ހިނގައްޖެ އެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ނިމި، ޗުއްޓީއަށް ދާކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މި ދައުރުގައި 32 ޖަލްސާ ބާއްވައި ނުވަ ބިލެއް ފާސްކުރެވުނު ކަމަށެވެ.
"މި ދައުރުގައި ޖުމުލަ ނުވަ ބިލު މިވަނީ ފާސްކުރެވިފައި އޭގެތެރޭގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހާއި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އަދި މިއަދު މި ފާސްކުރެވުނު ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު އަޅުގަނޑު ފާހަގަކޮށްލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބަދުއްރަހީމް ވިދާޅުވީ މަޖިލީހަށް ހުށަހެޅުނު މަސައްކަތްތަކުގެ 77 ޕަސެންޓް މަސައްކަތް މި ދައުރުގައި ނިންމައިލެވުނު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ ކޮންމެ އަހަރެއްގެ ވެސް މެއި 15، ގަ އެވެ. ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް މިދިޔައީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްޗަށް ހިންގި ގައިރު ގާނޫނީ ތަހުގީގަށް ބިނާކޮށް އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށްފަހު އެވެ.
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލި މައްސަލައަކަށް ރިއާޔަތްކޮށެވެ. އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖޭއެސްސީގެ ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ސަސްޕެންޑުކުރި ހުސްނުއްސުއޫދު އެ މަގާމުން އިސްތިއުފާ ދެއްވުމުން، އޭނާގެ މަގާމަށް މިހާރު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކޮށްފަ އެވެ. ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާއި، އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި އެ ކޯޓުގެ ތިން ޖާގައެެއް މިހާރު ވަނީ ހުސްވެފަ އެވެ.
އެހެންކަމުން މުޅި ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭނެ މަގު މިހާރު ވަނީ ފަހިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ