އައު ސަރުކާރުގެ ކިބައިން، އުމަރު ކުރައްވާ އުއްމީދުތައް ވިދާޅުވެދެއްވައިފި

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަރާތުން އޭނާ ކުރައްވާ އުއްމީދުތައް، އުމަރު ނަސީރު ހާމަ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ސިޔާސީ އެކި ފަރާތްތަކުން އަންނަނީ މަރުޙަބާ ދަންނަވަމުންނެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، 6348 ވޯޓު ހޯއްދެވި އުމަރު ވެސް އައު ސަރުކާރަށް މަރުޙަބާ ވިދާޅުވެ، ރައީސް މުޢިއްޒުގެ ސަރުކާރު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ބޭކާރު ޚަރަދު ވެސް ނުކުރާ ސަރުކާރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
”މުޢިއްޒުގެ ރިޔާސަތުގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލައްވައި، މަސްކަނޑުން ގެއްލިގެން ދިޔަ ސަރަޙައްދު އަނބުރާ ހޯއްދަވައި، ޑްރަގާ ގޭންގް ކުށްތަކުން މި ޤައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރަން.“ އުމަރު ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ އެ ޤައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ