މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލުމަށާއި ކުރިއަށް އޮތް ބަންދު ދުވަސްތަކާ ދިމާކޮށް މީހުން ރަށްރަށަށް ފުރަން ފަށައިފައި ވަނިކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސް ވެއްޖެއެވެ.މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ނިޔަލަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ 11:30 އިން ހަވީރު 5:30 އަށެވެ. އަދި ށ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 01:00 އިން ހަވީރު 05:00 އާ ހަމައަަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ކުރިއަށް ދާނީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ