އަދުރޭގެ އެއްބަޑު އެއްބަފާ ބޭބެ އިސްމާއިލް އަބްދުالله ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމްގެ ބޭބެ އިސްމާއިލް އަބްދުالله ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަކަށް އައްޔަންކޮށްފިއެވެ.
ހެލްތުގެ ސްޓޭޓު މިނިސްޓަރ އަކަށް އައްޔަން ކުރި އިސްމާއިލް އަކީ ކަސްޓަމްސްއިން ރިޓަޔާކޮށް ގިނަ އަދަދެއްގެ ފައިސާ ޕެންޝަންގެ ގޮތުގައި ނަގައިގެން ވަޒީފާއިން ވަކިވެފައިވާ މީހެކެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގެ 33 ޕަސެންޓު ވަޒީފާ އަދުރޭއަށް ދިނުމަށް މުއިއްޒު ވަނީ އެއްބަސްވެފައެވެ. އެގޮތުން އަބްދުއް ރަހީމްގެ ސްލޮޓުތަކުގައި އޭނާގެ އާއިލާގެ ގިނަ ބަޔަކަށް އަންނަނީ މަގާމު ދެމުންނެވެ. އެގޮތުން އަދުރޭގެ ދަރި އިބްރާހިމް ފައިސަލްއަށް ވަނީ މި ސަރުކާޔުގެ ޓޫރިޒަމް މިނިސްޓަރ މަގާމު ދީފައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރ ފޭކް ޕީއެޗްޑީ މުހައްމަދު ޝަފީގުއަކީ ވެސް އަދުރޭ އާއިލީ މީހެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަންނަ ހަފްތާގައި އަދުރޭގެ އަންހެން ދަރިއަކަށްވެސް ސްޓޭޓު މިނިސްޓަރކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕޯޓްސްގެ ސީއީއޯއަކަށް އައްޔަން ކުރުމަށް ނިންމާފައިވާ ވަޖީހު އަކީ އަދުރޭގެ ދަރި ފައިސަލްގެ ބަފާބެއެވެ. އަދި ހިޝާމް ވަޖީހު ވަނީ ރައީސް އޮފީހުގެ މިނިސްޓަރ މަގާމުދީފައެވެ.
އެނގިފައިވާ ގޮތުގައި ޑރ. މުއިއްޒުގެ ވެރިކަމަށް ހަފްތާއެއްވީ އިރު އަދުރޭގެ ގާތްތިމާގެ 13 މީހަކަށް ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ