ޒެޑެކްސް ސްޓަޑީ އެބްރޯޑް މެދުވެރިކޮށް މެލޭޝިއާގެ ޔުނިވާސިޓީތަކުން މަތީ ތައުލީމު ކިޔަވަން އެންރޯލްކުރާ ދަރިވަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ބޮޑު ޕްރޮމޯޝަންގައި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޒެޑެކްސްއިން ބުނީ އެ ޕްރޮމޯޝަނަކީ އެ ކުންފުނިން ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ހޯދައިދޭ އަގުހުރި ފުރުސަތުތަކުގެ އިތުރުން ކިޔަވަން ގޮސް ތިބޭއިރު ތަފާތު ތަޖުރިބާތައް ލިބޭނެ މަގު ފަހިކޮށްދޭނެ ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
އެ ޕްރޮމޯޝަނުގައި އެ ކުންފުނިން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ ދެ ދަރިވަރަކަށް ދޭ އުމްރާ ދަތުރަކާއި ޖެންޓިން ޑްރީމް ކްރޫޒްގެ ތިން ދުވަހުގެ އޯލް އިންކްލޫސިވް ދަތުރަކާއި އަންނަ އަހަރު އޮންނަ މަޝްހޫރު ލަވަކިޔުންތެރިންގެ ކޮންސާޓުތަކުގެ ތެރެއިން ކޮންސާޓުތަކުގެ ޓިކެޓާއި 500 މެލޭޝިއަން ރިންގިޓުގެ ޔުނިކްލޯ ގިފްޓު ކާޑާއި 500 މެލޭޝިއަން ރިންގިޓުގެ ސެފޯރާ ވައުޗަރަކާއި 2 މީހެއްގެ ސަންވޭ ލެގޫންގެ ޓިކެޓެވެ.
ޒެޑެކްސްއަކީ ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ކޮންސަލްޓަންސީ ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ދަރިވަރުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ.
އޭގެ ތެރޭގައި ދަރިވަރުންނަށް ކައުންސެލިން އާއި ކެރިއާ ގައިޑެންސްގެ ހިދުމަތާއި ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުމާއި އެކްރެޑިޓޭޝަން ވެރިފިކޭޝަންގެ ކަންކަން ބެލެހެއްޓުމުގެ ހިދުމަތް ހިމެނެ އެވެ. އަދި ޕާސްޕޯޓާއި ވިސާ އަދި އައިއީއެލްޓީއެސް އެޕްލިކޭޝަންތަކުގައި އެހީތެރިވެދީ، މެޑިކަލް ޗެކަޕް ކަންކަން ހަމަޖެއްސުމާއި ލޯނަށް ކުރިމަތިލުމުގައި ވެސް އެ ކުންފުނިން އެހީތެރިވެދެ އެވެ.
އޭގެ އިތުރުން ދަރިވަރުންގެ އެކޮމަޑޭޝަން ހަމަޖެއްސުމާއި އެއާޕޯޓަށް ބަލައިދިއުމާއި ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށްޓަކައި 15.42 ރޭޓުން ބޭރު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެ އެވެ. އަދި ބެލެނިވެރިންނަށް ވެސް ބޭނުންވާ ސަޕޯޓު ފޯރުކޮށްދެ އެވެ.
ޒެޑެކްސްގެ ވެބްސައިޓު މެދުވެރިކޮށް ދަރިވަރުންނަށް ފަސޭހައިން ޔުނިވާސިޓީތަކަށް އެންރޯލް ކުރެވޭނެ އެވެ.
ޒެޑެކްސްއިން ބުނީ އެ ކުންފުނިން ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް ލިބޭނެ އެފަދަ އެކި ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ވެސް ހޯދައިދޭނެ ކަމަށެވެ.
ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ރާއްޖޭގެ ޕްރިމިއާ އެޑިއުކޭޝަން ކޮންސަލްޓަންސީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ދަރިވަރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތަކަށް ފޮނުވުމުގައި އެހީތެރިވެދޭ ކުންފުންޏެކެވެ.
މެލޭޝިއާއަށް ކިޔަވަން ދާ ދަރިވަރުންނަށް ޒެޑެކްސްގެ އަގުހުރި އިނާމުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ