އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތް އައްޑޫގައި

އަންނަ އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް އައްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި އެތުލެޓިކްސް އެސޯސިއޭޝަނުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާ ވެސްކޮށްފައިވެ އެވެ. ކައުންސިލުން ބުނީ މީގެ ވެސް ކުރިން އައްޑޫގައި އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ވަރަށް ފުރިހަމަކޮށް ބާއްވާފައިވާ ކަމަށާއި އަންނަ އަހަރުގެ މުބާރާތް ވެސް ބާއްވަން ކައުންސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުކަމާއި އެހީތެރި ކަމެއް ދޭނެ ކަމަށެވެ.
އެތުލެޓިކްސް މުބާރާތް ބާއްވާނީ ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގަ އެވެ.
މި އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ބޭއްވީ ފުވައްމުލަކުގަ އެވެ. އެއީ ފެބްރުއަރީ މަހުގެ 5-10 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ