ދަރިވަރުން ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެންކަމަށާއި، ޔުނީފޯމް ފޮތިގަންނަން އިތުރަށް ހަރަދުކުރުމުގެ ބޭނުމެއްނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަރިވަރުންގެ ސްކޫލް ޔުނީފޯމާ ގުޅޭގޮތުން އެޑިއުކެޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ އެކަމުގައި އެމަނިކްފާނު ދެކެވަޑައިގަންނަވާ ގޮތުގެ ރަޢުޔު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި އެންމެ ގިނަބަޔަކު އަޅައިގަތީ ގްރޭޑް 4 ކުން މަތީގެ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ ހަރުވާޅެއް ލުން ލާޒިމްކޮށްފައި އޮތްއޮތުމަށެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެން ކަމަށާއި، ޔުނީފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއްކަމަށެވެ.
ރާއްޖޭގައި 90،000 ދަރިވަރުން ތިބިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ޔުނީފޯމަށް އެކަނިވެސް ބެލެނިވެރިއެއްގެ އަތުން 900 ރުފިޔާ ހަރަދުވާނޭކަމަށެވެ. އެގޮތުން ބެލެނިވެރިންގެ އަތުން 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި އެފައިސާ ފޮތިފިހާރައަކަށް ދިނުމަކީ ދެކޮޅު ޖެހޭކަމެއް ނޫންކަމަށެވެ.
ޔުނީފޯމް ކޯޑަށް ބަދަލު ގެނައި މައްސަލާގައި ބައެއް ފަރާތްތަކުން ފަޑުކިޔަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ދަނީ އެއީ ގެންނަން ޖެހޭ ބަދަލެއްކަމަށް ބުނަމުންނެވެ.
ދަރިވަރުން ތިބެނީ އެކަށީގެންވާވަރަށް ނިވާވެގެން. ފޮތިގަންނަން އިތުރަށް ހަރަދުކުރުމުގެ ބޭނުމެއްނެތް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ