އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މީޑިއާ މައުރަޒް މިއަދުވެސް ކުރިއަށްދާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި މައުރަޒު ރަސްމީކޮށް ފަށާފައިވަނީ އިއްޔެ ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މި މީޑިއާ މައުރަޒަކީ، ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީމީޑިއާ މައުރަޒު 2025 ގެ ތެރެއިން
މި މީޑިއާ މައުރަޒު މިއަދު ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދެއެވެ. އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ ކިޔުމާއި ބަންގި ގޮވުމުގެ ފުރުސަތު ވެސް ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އިސްލާމިކް މިނިސްޓްރީ މީޑިއާ މައުރަޒު 2025 ގެ ތެރެއިން
އަދި މި މައުރަޒުގެ ތެރެއިން އެކި ސްޓޯލްތަކުގައި ތުއްތު ކުދިން ތަފާތު ކަންކަން ތަޖުރިބާކޮށް، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅޭ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ އެކި ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މީޑިއާ މައުރަޒު 2025 ގެ ތެރެއިން
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ވުޒާރާއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. އަދި އެ ކުރާ މަސައްކަތްތަކަކީ މުޖްތަމައުއަށް ފެންނަންޖެހޭނެ ފޯރަންޖެހޭނެ ކަންތައްތަކެއްކަމަށާއި މީޑިއާ މައުރަޒުގެ ބޭނުމަކީ އެއީކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައިވެސް ވަރަށް މުހިންމު ކަމެއް. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްފައި
ވަޒީރު ޑރ. ޝަހީމް
މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ޝައިޚުންނާއި ބައްދަލުކޮށް ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ "މީޑިއާ މައުރަޒު އިސްލާމީ މަރުކަޒުގައި މިއަދުވެސް ކުރިއަށްދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ