ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ.
މިއަދު ރައީސް، އެ މަނިކުފާނުގެ ރަސްމީ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ތިން ކަމެއް ތަންފީޒުކުރަން ފެށިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މި ތިން ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.
މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ޖެނެރޭޝަނަލް ބޭން ދުވުން މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށް ދާނެ “ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” ގާނޫނީ ގޮތުން މިއަދު ތަންފީޒު ކުރަން ފަށައިފި އާ ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދެވޭނެ: ފެނަކަ އުރަމަތީގެ ކެންސަރު ދުރާލާ ދ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ