ފިރިންނަށް ޝެއާކޮށްލަންޖެހޭ ކަމެއް!: މިކަންކަމަށް ސަމާލުކަން ނުދީ ހުއްޓާ އަނބިމީހާ ގެއިން ނުކުމެގެން ދިއުމުން އަނބިން ކުށްވެރިނުކުރާށެވެ! އެމީހުން ނުކުމެގެންދާނެއެވެ!

އަހުރެންގެ މިރޭގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ވަރަށް މުހިންމު އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އަނބިންނަށް ދޭންޖެހޭ ގާތްކަން ދިނުމެވެ. މިހެން ބުނުމުން ގިނަބައަކު މާނަކުރާނީ އެއްދާންކުރުމަށެވެ. ޢާނއެކެވެ! އެއީވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ދޭންޖެހޭ ހަމައެކަނި ގާތްކަމަކީ އެއީއެއް ނޫނެވެ. 
ފުރަތަމަ ކަމަކީ އެކަނބަލުން ދައްކާ ވާހަކަ ކަނުލައި އަޑުއެހުމެވެ. އަޑުއަހައި ޖަވާބުދިނުމެވެ. ދެވަނަ ކަމަކީ އެކަންބަލުންނަށް ކުރިމަތިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިލުމުން އެކަމުގައި ބައިވެރިވެ ހިތްވަރުދިނުމެވެ.  
ދެން މިފާހަގަކުރަނީ އެންމެ ބޮޑު ކަންތަކެވެ. އެއީ ލޯބިން އެކަނބަލުންގެ ގައިގައި ބީހިލުމެވެ. ފިރުމައިލުމެވެ. ބޮސްދިނުމެވެ.  
މިކަންކަން ކޮށްނުދޭނަމަ ދުރުކަން އުފެދެން ފަށާނެއެވެ. ދުވަސްވާވަރަކަށް އެކަންކަން ބޮޑުވަމުން ގޮސް އެކަންކަމަށް އެދެން ބޭނުންނުވާ ޙާލަތަށް ކަންކަންދާނެއެވެ. އެއިރު އޭނާ ހުންނާނީ ފިރިމީހާގެ ކިބައިން އެކަންކަން ނުލިބުނަސް ކަންބޮޑުނުވާ ޙާލަތުގައެވެ.  
މިޙާލަތުގައި ފިރިމިހާއާއިމެދު ފަރުވާކުޑަކުރެވެންފަށާނެއެވެ. ފިރިމީހާއަށް ވިސްނެން ފަށަނީ އެހިސާބުންނެވެ. ނަމަވެސް އެއިރު އޮންނަނީ ވަޤުތު ފާއިތުވެފައެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އަނބުރައި ލިބިނުގަނެވޭނެ ޙާލަތުގައެވެ.  
ދެން މިބުނަނީ މިކަމުގައި އޮންނަ އެންމެ ނުރައްކާތެރިބައެވެ. މިބުނި ޙާލަތަށް އަނބިމީހާގެ ކަންކަން ދިއަނަމަވެސް އަނބިމީހާގެ ބޭނުންވުންތައް ނިމުމަކަށް ނުދާނެއެވެ. ގިނަ އަންހެނުންނަށް މިކަންކަން ޢުމުރުން 50 އަހަރުވާއިރުވެސް ހުންނަނީ ހަމަ މިގޮތަށެވެ. ދެންވާގޮތަކީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފިރިމީހާ ނޫން މީހެއްގެ ކިބައިން ވިންދު ލިބެން ފަށަނީއެވެ. އެއާއިއެކު އޭނާގެ ބޭނުންތައް ކޮޑުޖަހައިގެން ގެއިން ނުކުމެގެންދަނީއެވެ. އެޙާލަތުގައި ދަރިންވެސް މުހިންމުނުވާ އެތައް ބައަކާއި ވަނީ ބައްދަލުވެފައެވެ.  
ދެން ފިރިމީހާ ކުށްވެރިކުރަންފަށަނީ އަނބިމީހާއެވެ. ދިރިއުޅުން ހަލާކުކޮށްލުމުގެ ބަދުނާމު އަނބިމީހާގެ ބޮލުގައި އަޅުވައެވެ. ނަމަވެސް އެއެޅުވެނީ ޙައްޤު ބަދުނާމެއް ނޫނެވެ. ސަބަބަކީ އެކަން މެދުވެރިއެވަނީ ތިމާ އަނބިމީހާ ބާކީކޮށްލުމުން ކަމަށްވާތީއެވެ.  
މިމައްސލަ ބޮޑަށް ކުރިމަތިވަނީ ކައިވެންޏަށްފަހު ގޭގައި ހޭދަކުރާ ވަޤުތު ތިމާ ދިރިއުޅެންކުރަންޖެހޭ، އަދާކުރާ ވަޒީފާގެ މަސައްކަތަށް ސަމާލުކަންދެވޭތީއެވެ. މަސައްކަތު މޫޑުގައި ގޭގައި އުޅެވޭތީއެވެ. ވީމާ އަނބިމީހާ އާއިއެކު ގޭގައި ހޭދަކުރާ ވަޤުތަކީ އަނބިމީހާއަށްޓަކައި "ކޮލިޓީ ޓައިމަށް" ހަދާށެވެ. ނޫންނަމަ މިމައްސަލަތައް ދާނީ ކުރިމަތިވަމުންނެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ