ހުޅުމާލެ ފޭސް ތިނެއް ހިއްކަން އަލުން ފެށީ ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓު ކިޔާ ކުންފުންޏެއް އުފައްދައިގެން ކަން އެނގިއްޖެ އެވެ.
މިއީ ބިން ހިއްކުމުގެ މަސައްކަތް ކުރަން އެމްއޭސީއެލްއިން އުފެއްދި ދެ ވަނަ ސަބްސިޑަރީ ކުންފުންޏެވެ. އެމްއޭސީއެލްއިން ބިން ހިއްކުމުގެ މަސައްކަތްތަކަށް އުފައްދާފައިވާ އަނެއް ސަބްސިޑަރީ ކުންފުންޏަކީ ޕެނިންސޫލާ އިންފްރާސްޓްރަކްޗާ ކުންފުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުފައްދާފައިވާ މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ކުންފުނީގެ ބޯޑުގައި ތިބެނީ އެމްއޭސީއެލްގެ ބޯޑު މެންބަރުންނެވެ. އަދި، މި ކުންފުނީގެ ވެސް މެނޭޖިން ޑިރެކްޓަރަކީ، އެމްއޭސީއެލް އާއި ޕެނިންސޫލާގެ ކުންފުނީގެ، އިބްރާހިމް ޝަރީފެވެ.
ބިން ހިއްކުމުގެ މަސައްކަތަށް އެމްއޭސީއެލްއިން ދެ ކުންފުންޏެއް އުފައްދާފައިވާއިރު، މިކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ ކުންފުނިން ނުލިބުނެވެ. އެ މައުލޫމާތު ސާފުކުރަން އެ ކުންފުނީގެ މީޑީއާ އޮފިޝަލަކާ ސުވާލުކުރުމުން އޭނާ ބުނީ އާރުޓީއައިއެއް ހުށަހެޅުމަށެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ހަވާލުކުރީ ކުރިން ވެސް މި މަސައްކަތް ކުރަމުން އައި ކޮންޓްރެކްޓަރު، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮޕްމެނީ (ސީއެމްސީ) އާ އެވެ.
ބިން ހިއްކުމުގެ ފައިސާ ދައްކަން އެޗްޑީސީ އާއި އެމްއޭސީއެލްއާ ދެމެދު ހެދި އެއްބަސްވުމުގެ އެއްވެސް ތަފުސީލެއް ނޭނގެ އެވެ. މިހެން ކަމުން ދެ ކުންފުނީގެ މެދުގައި ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެއްސީ ކިހިނެއް ކަމެއް ނޭނގުނެވެ.
ފޭސް ތިނެއްގެ މިހާތަނަށް ހިއްކާފައި ވަނީ 24 ހެކްޓަރެވެ. އެއީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކި 10 ހެކްޓަރާއި ދެވަނަ ފިޔަވަހީގެ ދަށުން ހިއްކަން ބުނި 29 ހެކްޓަރުގެ ތެރެއިން 14 ހެކްޓަރެވެ. ޖުމްލަ ހިއްކަނީ 63 ހެކްޓަރެވެ.
ހުޅުމާލޭގެ މިހާރުގެ މާސްޓާޕްލޭނުގެ ދަށުން ފޭސް ތިނެއް ހިއްކަނީ، ކުރިން އުޅުނު ގޮތާ ހިލާފަށް، ފޭސް ދޭއްގެ ބިމާ އެއްކޮށްލާފަ އެވެ. ކުރިން ޕްލޭނުގައި އޮތީ ހުރިހާ ފިޔަވަހިތަކެއް ވަކިކޮށް، ފެން ދައުރުވާ ގޮތަށް ކޯރެއް ކަނޑާފައި، ހަތަރު ބްރިޖުން ގުޅާލާފަ އެވެ.
ބިން ހިއްކާ ޕްލޭނަށް ބަދަލު އަޔަސް، އެޗްޑީސީން ބުނަނީ މިހާރު ވެސް ޕްލޭންކޮށްފައި އޮތީ 63 ހެކްޓަރު ހިއްކާ ގޮތަށް ކަމަށެވެ. މިހާރުު ނުހިއްކާ ބާކީ އޮތީ 39 ހެކްޓަރެވެ.
މެރިން އެންޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ މަސައްކަތު ތާވަލުގައިވާ ގޮތުން ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާޗަށް ނިންމާލެވޭނެ އެވެ. މިއީ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށިތާ ދޮޅު އަހަރު ފަހުގެ ތާރީހެކެވެ.
ހުޅުމާލެ ތިނެއް ހިއްކަނީ ވެސް އެމްއޭސީއެލްއިން ވަކި ކުންފުންޏެއް ހަދައިގެން ހުޅުމާލެ ތިނެއް ހިއްކަނީ ވެސް އެމްއޭސީއެލްއިން ވަކި ކުންފުންޏެއް ހަދައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ