ރައީސް މުހައްމަދު މުއިއްޒު މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ޖަލްސާގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައިފި އެވެ.
ނިޒާރު އަދަދު ނޫހަށް ވިދާޅުވީ އައްޑޫ ރައްޔިތުންނާއެކު ބާއްވާ އެ ޖަލްސާގައި ރައްޔިތުންގެ ފަރާތުން ގިނަ ވާހަކަތަކެއް ދައްކަން ހުރިއިރު، އެ ފުރުސަތު ނެތް ޖަލްސާއެއްގައި ބައިވެރިވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ރައްޔިތުންނާއެކު ބާއްވާ ޖަލްސާއެއްގައި، މި ސިޓީގެ ރައްޔިތުންގެ އަޑު އިއްވުމަށް މޭޔަރަށް ފުރުސަތު ނެތް ޖަލްސާއެއްގައި ބައިވެރިވުމުގެ ބޭނުމެއް އޮތް ކަމަކަށް ނުވިސްނޭ،" ނިޒާރު ވިދާޅުވި އެވެ.
މި ފަހަރުގެ ދަތުރުގައި މުއިއްޒު އައްޑު ސިޓީ ކައުންސިލްއާއެކު ވަކިން ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި ބައްދަލުވުން ބޭއްވީ އެ ސިޓީގެ ހުރިހާ މުއައްސަސާތަކެއްގެ ވެރިންނާއެކު އެވެ.
ނިޒާރު ވިދާޅުވީ މުއިއްޒު ހިތަދޫ އަށް ވަޑައިގެންނެވުމުން ފުރިހަމަ ގޮތުގައި އިސްތިގުބާލް އަދާކުރެއްވި ކަމަށާއި، ބޭއްވި ރަސްމިއްޔާތުތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު އަށް ވެސް ވާހަކަ ދެއްކެވުމުގެ ފުރުސަތެއް ނުދެއްވަ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދިނުން ހުއްޓައިލީ، މި ސަރުކާރަށް ފާޑު ކިޔުއްވާތީ އާއި ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަމަށް ޝުކުރު އަދާކުރައްވާތީ އެވެ.
މުއިއްޒުގެ ޖަލްސާ މޭޔަރު ނިޒާރު ބޮއިކަޓުކޮށްފި މުއިއްޒުގެ ޖަލްސާ މޭޔަރު ނިޒާރު ބޮއިކަޓުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ