މިހާރަކަށް އައިސް ބަލިމީހުންނަށް ޒިޔާރަތްކުރާ މީހުންނަށްވެސް އެކަން ކުރެވެނީ ވަރަށް މަދުންނެވެ. އެހެންވެ އެތަން ފޫބައްދަން ބައެއް މީހުން ބަލިމީހާގެ ގާތުގައި ގިނަ ވަޤުތުތަކެއް ހޭދަކުރެއެވެ. އެހެންކަމުން ސަމާލުކަންދޭންޖެހޭ ކަމެއް ފާހަގަކޮށްލާނަމެވެ.
ބަލިމީހަކަށް ޒިޔާރްތްކުރިނަމަވެސް އޭނާގެ ގާތުގައި ވަޤުތު ހޭދަކުރަންވާނީ އޭނާއަށް އެކަމުން އުނދަގޫނުވާނެ ވަރަކަށެވެ. ގިނައިރުވެގެން އުނދަގޫވާކަމަށް އޭނާއަށް ނުވަތަ އޭނާގެ ކަންކަން ބަލަހައްޓާ އޭނާގެ ޢާއިލާގެ މީހުންނަށް ބުނަން އުނދަގޫވެދާނެއެވެ. ވީމާ އެކަން ދެނެގަތުމަކީ ޒިޔާރަތްކުރާ މީހާ ދެނެގަންނަން ޖެހޭނެ ކަމެކެވެ.
ބަލީމީހާގެ ޙާލަތު ހުންނަ ގޮތުން ގައިގައި އަޅާވޭން އެހެން މީހުންނަށް އަންގަން ބޭނުންނުވެދާނެއެވެ. އަދި އެޙާލުގައި އޮންނައިރު ގިނަގިނައިން އަސްތަޣްފާރުކޮށް ޛިކުރުކުރަންވެސް ބޭނުންވާނެއެވެ. އެހެން ބައަކު އޭނާގެ ގާތުގައި ތިބޭނަމަ އެކަންކަން ކުރަން އުނދަގޫތަކެއް ކުރިމަތިވާނެއެވެ.
ބަލިމީހާގެ ޙާލަތު އެހައި ގޯސް ނޫންނަމަ އެހެން މީހުން އޭނާގެ ގާތުގައި ތިބުމުން އެކަމުން ހިތްހަމަޖެހުން ލިބޭ ބައަކުވެސް ތިބޭނެއެވެ. އެފަދަ މީހަކަށް ހިތްހަމަޖެހުން ހޯދައިދިނުމަށް އޭނާގެ ގާތުގައި ގިނަ ވަޤުތު މަޑުކުރުމަކީ މައްސަލައެއް ނޫނެވެ. މިހުރީ ޒިޔާރަތްކުރާ މީހުން އަމިއްލައަށް ދެނެގަންނަން ޖެހޭނެ ކަންކަމެވެ.
މަޢުލޫމާތު: (Hashiyat Ibn Qasim, 3/12; al-Sharh al-Mumti’, 5/174)
ބަލިމީހުންނަށް ޒިޔާރަތްކޮށް އޭނާގެ ގާތުގަ ހޭދަކުރާ ވަޤުތު ދިގުކުރަންވާނީ ކިހާވަރަކަށްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ