އައްޑޫ ސިޓީގެ ފޭދުއާއި މީދުއާއި ހުޅުދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ނަގާ، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ލާން ފަށައިފިއެވެ.
މިއަދު ހެނދުނު 8:00 ކުން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، މި ވޯޓުގައި 9،576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފޭދޫން 4،355، ހުޅުދޫން 2،874ގެ އިތުރުން މީދޫން 2،347 މީހުންނެވެ.
މި ވޯޓަށް މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގައެވެ.
އައްޑޫ ސިޓީން ވަކިވުމަށް މިއަދު ނަގާ ވޯޓާއި ގުޅިގެން، ގިނަ ބައެއްގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު ސަރުކާރުން ވަނީ މިކަމުގައި ވަކި ސްޓޭންޑެއް ނުނަގާކަން ހާމަކޮށްފައެވެ.
ދޯހާ މެރެތަން 2026: 15 ދުވުންތެރިންގެ ފީ އުރީދޫއިން ދައްކައިދެނީ! ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ކަށު ނަމާދު، ހުކުރު ނަމާދަށްފަހު! ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ގާނޫނު އަސާސީ އާއި ހިލާފަށް ނަގާ ވޯޓެއް ރުއްގަނޑު ސަރަހައްދުގައި ގަވާއިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ