މިރޭވެސް މޫސުން ގޯސް: ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މިރޭގެ 20:30 އިން ފެށިގެން 01:30 އާއި ހަމައަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ ވައިބާރުވުމާއިއެކު ކަނޑުތައް ގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކޮށްފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ނެރުނު އެޑްވަޒަރީގައި މިއަދާއި ހަމައަށް ވައިބާރުގެ ވިލާގަނޑުގައި އިތުރަށް ވައިގަދާނެ ކަމަށާއި އާއްމުކޮށްވެސް ކަނޑުތައް ގަދަވެވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މީގެ އިތުރުން އެކި ހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރުމާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ވަކީން ޚާއްސަކޮށް ދަތުރުވެރީން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއިއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ