ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ކާވާ މެންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ ބަލިވެއްޖެ އެވެ.
މި މަހު 22 އިން ފެށިގެން 28 އާ ހަމައަށް ބަންގްލަދޭޝްގައި ކުރިއަށްދާ މި ކާވާ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ހަ ގައުމަކުން ވާދަކުރެ އެވެ. ރާއްޖޭން މި މުބާރާތުގައި ވާދަކުރަނީ، ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުންނެވެ. އަދި، ޓީމުގެ ކެޕްޓަނަކީ، ހުސެއިން ރަޒާން އެވެ.
އެ ގޮތުން، ރާއްޖޭން މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުންނާއި ދެ ވަނަ ސެޓުގައި އަފްގާނިސްތާން އަތުން ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.
ބަންގްލަދޭޝް އަތުން ރާއްޖެ ބަލިިވި މެޗުގައި ސެޓުތައް ދިޔައީ، 25-21، 25-13 އަދި 25-21 އިންނެވެ. ދެ ވެނަ މެޗުގައި، އަފްގާނިސްތާން އަތުން ރާއްޖެ ބަލިވިއިރު، ސެޓުތައް ދިޔައީ، 25-17، 25-20 އަދި 25-12 އިންނެވެ.
މުބާރާތުގައި ރާއްޖޭން ކުޅޭ ތިން ވަނަ މެޗުގައި ނޭޕާލްއާ ދެކޮޅަށް ނުކުންނާނެ އެވެ. ހަތަރު ވަނަ މެޗުގައި އާދިއްތަ ދުވަހު ސްރީ ލަންކާއާ ކުޅޭނެ އެވެ. އަދި، ލީގު ބުރުގެ ފަހު މެޗުގައި، ތުރުުކުމެނިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އަންނަ ހޯމަ ދުވަހުގަ އެވެ.
ލީގު ބުރަށް ފަހު މުބާރާތުގެ ފޯމެޓް ރޭވިފައިވަނީ، އެއް ވަނަ އާއި ދެ ވަނައިގެ މެދުގައި ރަން މެޑަލް ލިބޭ ގޮތަށް ފައިނަލް މެޗެއް ކުޅޭ ގޮތަށެވެ. އަދި، ދެން އޮންނާނީ ތިން ވަނަ އާއި ހަތަރު ވަނަ ބައްދަލުކުރާ ލޯ މެޑަލް މެޗެވެ. އަދި، ފަސް ވަނަ އާއި ހަ ވަނަ ކުޅޭނީ ރޭންކިން މެޗެކެވެ.
ކާވާ މެންސް ކަޕްގެ ފުރަތަމަ ދެ މެޗުން ރާއްޖެ އަށް ނާކާމިޔާބު ކާވާ މެންސް ކަޕްގެ ފުރަތަމަ ދެ މެޗުން ރާއްޖެ އަށް ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ