މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާ މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސް އައްޔަން ކުރުމަށް އެ ކޮމިޝަނުގެ ހަތް މެންބަރުންނާއި އަލުން އިންޓަވިއުކޮށް އަންނަ ހަފުތާގެ ތެރޭ ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސަކު އައްޔަންކުރުމަށް މިގޮތަށް އަމަލުކުރަން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އަލަށް ފާސްކުރި ގާނޫނު ބުނާގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރާނީ މަޖިލީހުންނެވެ.
ކޮމިޝަނުގެ ނައިބު ރައީސް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާއިރު، ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެ އެވެ.
އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަނަށް އައްޔަނުކުރަން ވޯޓަށް އެހީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ފަރުޝަތު އަށެވެ.
އެ ތިން މީހުން ވެސް އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް ފާސްކުރީ 54 މެންބަރުންގެ ވޯޓާއެކު އެވެ. އެ މީހުން އެ ކޮމިޝަނަށް އައްޔަނުކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
ކޮންޓްރޯލް ކޮމިޝަނުގައި ދެން ހިމެނެނީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން މީޑިއާތަކުން މާބޮޑު ތަރުހީބެއް ނުލިބުނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު، ކުރިމަތިލާފައި ތިބީ ސީދާ އަދަދަށް ކަމަށްވާތީ އެ ހަތަރު މެންބަރުން ވެސް އިންތިހާބުވެފައި ވަނީ ވޯޓަކާ ނުލަ އެވެ.
އޮންލައިން ކެޓަގަރީ
ބްރޯޑްކާސްޓިން ކެޓަގަރީ
އެ މެންބަރުންގެ ތެރެއިން ސަގީފް އަކީ އައު ގާނޫނާއެކު އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އެވެ. ޒަމްއަތު އޭރު ހުންނެވީ އުވާލި ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގަ އެވެ.
މީޑިއާ ކައުންސިލް އުވުމާ ހަމައަށް ކުރިއަށްގެންދިޔަ އިންތިހާބުތައް ކޮންމެ ފަހަރަކުވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކުގަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވުޖޫދު ކުރި މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
ކޮންޓްރޯލް ކޮމިޝަނުގެ ރައީސް ހޮވަން ހަތް މެންބަރުންނާއެކު އިންޓަވިއު ބާއްވައި އަންނަ ހަފުތާ ގޮތެއް ނިންމަނީ ކޮންޓްރޯލް ކޮމިޝަނުގެ ރައީސް ހޮވަން ހަތް މެންބަރުންނާއެކު އިންޓަވިއު ބާއްވައި އަންނަ ހަފުތާ ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ