އެންމެ ޒަމާނީ ޚިދުމަތްތަކާއެކު، އީވް ކްލިނިކެއް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް
އީވް ކުލިނިކުން ދެމުންގެންދާ ސިއްޚީ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އީވް ކުލިނިކް، ވިނަރެސް ހުޅުވައިފިއެވެ. އީވް ކުލިނިކުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ މިހާރު މާލެ ސަރަހައްދުން އެންމެ ބޮޑު އާބާދީއެއް ވަޒަންވެރިވަމުން އަންނަ ސަރަހައްދު ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގެ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުލިނިކުގެ ގޮތްޕެއް ހުޅުވަން ނިންމީ ކަމަށް އީވް ކްލިނިކުން ބުންޏެވެ. އީވް ކްލިނިކް ވިނަރެސްގެ އެތެރެ -- އީވް ކްލިނިކް ވިނަރެސް ހުންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު 1، (ޔުނިޓް V1-1-101) ގައެވެ. މާލޭގައި ހުންނަ އީވް ކްލިނިކުން ލިބޭ ހުރިހާ ޚިދުމަތެއް ވެސް، ވިނަރެސްގައި ހުންނަ ކްލިނިކުން ލިބެން ހުންނާނެއެވެ. އީވް ކްލިނިކް ވިނަރެސްއިން ލިބޭނެ ބައެއް ޚިދުމަތްތަކަކީ: ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް އަންހެނުންނަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކަންފަތާއި ނޭފަތާއި ކަރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ނަފުސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ހޯމޯނާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ދަތުގެ ފަރުވާގެ ޚިދުމަތްތައް ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ގުރުދާގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް މީގެ އިތުރުން އަލްޓްރާސައުންޑް ސްކޭނާއި އެކްސް-ރޭ ހެއްދުމާއި، ލެބޯރެޓަރީގެ ޚިދުމަތްތައް ވެސް އެ ކުލިނިކުން ލިބޭނެއެވެ. އީވް ކުލިނިކަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު، ޑީމާންޑު އޮންނަ ކުލިނިކެކެވެ. އީވް ކްލިނިކުން ޚިދުމަތްތައް ހޯދުމަށް، 7406788އަށް އަދި 33300788އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. އަދި އީވް ކްލިނިކާ ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާއިން ވެސް ލިބެން ހުންނާނެއެވެ. ފޭސްބުކް: https://www.facebook.com/cliniceve/ވެބްސައިޓް: https://www.eveclinic.mv/homeއިންސްޓަގްރާމް: https://www.instagram.com/p/DSCiOACCWhu/
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ