ޕެސިފިކް އިންޖިނިއަރިންއަކީ ފެންވަރު ރަނގަޅު ނެޓްވޯކިން، ޑޭޓާ، ސީސީޓީވީ، އެކްސެސް ކޮންޓްރޯލް އަދި އިލެކްޓްރިކަލް ހިދުމަތްތައް ދިނުމަށް 2023ގައި އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުނީގެ ފަހަތުގައި ތިބީ މި މަސައްކަތްތަކުގެ ތަޖުރިބާކާރުންނެވެ. އޭގެ ކުރިން އެފަދަ އެހެން ކުންފުނިތައް ހިންގުމަށްފަހު ޕެސިފިކް އިންޖިނިއަރިންގެ ނަމުގައި އާ ފެށުމަކުން ފެށީ މުޅިން ތަފާތު ބިޒްނަސް މޮޑެލްއަކާ އެކީގަ އެވެ.
އެގޮތުން މިހާރު ފެންނަ އެންމެ ބޮޑު ތަފާތަކީ އާންމުންނަށް ހާއްސަކޮށް، 'ގްރިޑް އޮޕްސް'ގެ ނަމުގައި ރީޓެއިލް އައުޓްލެޓެއް ހުޅުވުމެވެ.
މިވީ ތިން އަހަރުގެ ތެރޭގައި ޕެސިފިކް އިންޖިނިއަރިންއިން ވަނީ ކޮމާޝަލް، އިންޑަސްޓްރިއަލް އަދި އާންމު ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކީ ނިންމާފަ އެވެ.
ބައެއް ކުންފުނިތަކަކީ ހަމައެކަނި މުދާ އެތެރެކޮށް، ވިއްކާ ކުންފުނިތަކެކެވެ. އާފްޓާ ސޭލްސް ސާވިސް ހޯދަން ވެއްޖެ ނަމަ ވަނީ ބޮޑު ތަކުލީފަކަށެވެ.
ނަމަވެސް މިއީ ޕެސިފިކް އިންޖިނިއަރިންއިން ތަފާތު ދައްކާ ކަމެކެވެ. މަސައްކަތުގެ ކޮންސަލްޓޭޝަނާއި ޑިޒައިނިން މަރުހަލާއިން ފެށިގެން މެޓީރިއަލް، އިންސްޓޮލޭޝަން އަދި އާފްޓަ ސޭލްސް ހިދުމަތްތަކާ އެކު ވަށައިޖެހޭ، ޖުމްލަ ހައްލެއް ކަސްޓަމަރުންނަށް ހޯދައިދެ އެވެ.
މި ހުރިހާ މަރުހަލާތަކުގައި ވެސް އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މުދަލުގެ ކޮލިޓީ އާއި އިތުބާރާއި އަގަށެވެ. ކުރުކޮށް ބުނާ ނަމަ، ޕެސިފިކް އިންޖިނިއަރިންއިން މުދާ ވިއްކަނީ އެ ކޮލިޓީގެ މުދާ ވިއްކޭނެ އެންމެ ހެޔޮ އަގުގަ އެވެ.
އިލެކްޓްރިކަލް އިންޖިނިއަރިން އާއި ޕަވާ ސޮލިއުޝަންތައް
އިންޑަސްޓްރިއަލް އަދި މެރިން އިލެކްޓްރިކަލް ސިސްޓަމް، ގޭގޭގެ ކަރަންޓު ވަޔަރިން
ކޮންޓްރޯލް ޕެނަލް، ސުވިޗްބޯޑު، ޖެނެރޭޓާ ސިސްޓަމް އަދި ސިންކްރޮނައިޒިން ޕެނަލް
އެލްވީ، އެޗުވީ/އެމްވީ ޕަވާ ޑިސްޓްރިބިއުޝަން ނެޓްވޯކު
މީޓަރު ސިސްޓަމްތަކާއި އޮޓޯ ޓްރާންސްފާ ސުވިޗު
ސެކިއުރިޓީ އާއި އެކްސެސް ކޮންޓްރޯލް ސިސްޓަމް
ސީސީޓީވީ ސަވެއިލަންސް އާއި އެލާމް ސިސްޓަމް
އެކްސެސް ކޮންޓްރޯލް، ޑޯ ފޯން އަދި ސްމާޓް ލޮކް
ޓައިމް އެޓެންޑެންސް، ފަޔާ އެލާމް އަދި ހައިޑްރެންޓް ސިސްޓަމް
ޓެލެކޮމިއުނިކޭޝަން އާއި ނެޓްވޯކިން
ލޭން، ވޭން، ނެޓްވޯކް ސެކިއުރިޓީ އާއި ފަޔަވޯލް ސޮލިއުޝަން
ޖީޕޯން ނެޓްވޯކް، ފައިބާ އޮޕްޓިކް ސްޕްލައިސިން
ޕީބީއެކްސް ސިސްޓަމްސް (އެނަލޮގް އާއި އައިޕީ)
ޕެސިފިކް އިންޖިނިއަރިންއިން ވިއްކާ ހުރިހާ މުދަލަކީ ވެސް ދެ ވަނަ ފަރާތެއް މެދުވެރި ނުވެ، ސީދާ މެނުފެކްޗަރާ ނުވަތަ އެ މުދަލެއް އުފައްދާ ތަނުން ގަނެގެން ގެނެސް ވިއްކާ މުދަލެވެ. އެ ކުންފުންޏަށް ފެންވަރު ރަނގަޅު އުފެއްދުންތައް އަގުހެޔޮކޮށް ވިއްކޭ މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ.
ކުންފުނީގެ ޕޯޓްފޯލިއޯގައި ދުނިޔޭގެ ނަން މަޝްހޫރު، އިތުބާރު ހިފޭ ބްރޭންޑްތައް ހިމެނެ އެވެ. އޭގެ ތެރޭގައި:
ނޯޑްސަން - ސްމާޓް ލޮކް
ޝްނައިޑާ އިލެކްޓްރިކް - ޑިޖިޓަލް އޮޓޮމޭޝަނާއި އެނާޖީ މެނޭޖްމަންޓް
ސިއެރާ ކޭބަލްސް - ކަރަންޓު ނަރު
ޕްރިމިއަމް ލައިން - ނެޓްވޯކް ކޭބަލް
ލޮކްސްޓާ - އެކި ބާވަތްތަކުގެ ތަޅާއި ސްމާޓް ލޮކް
ހިކްވިޝަން - ސީސީޓީވީ
ޕެސިފިކް އިންޖިނިއަރިންގެ ހިދުމަތްތައް ހޯދުމަށް:
ގުޅޭނެ ނަންބަރު - 3326246
އީމެއިލް - [email protected]
ވެބްސައިޓް - pacificengineering.mv
ގްރިޑް އޮޕްސް ޝޯރޫމް - ނޫރާނީ ގޯޅި
ފޭސްބުކް ޕޭޖު
ޕެސިފިކް އިންޖިނިއަރިން: ޒަމާނީ އިންޖިނިއަރިން ހައްލުތައް އެއް ތަނަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ