ޕަބްލިސިޓީ ބިއުރޯ ސްޓޫޑިއޯސް: މާކެޓިންއަށް އޮތް ޖުމްލަ ހައްލެއް

ރާއްޖޭގައި
މާކެޓިންއަކީ އަވަސް އަވަހަށް، ބޮޑެތި ބަދަލުތައް އަންނަ ދާއިރާއެކެވެ. މި
ދާއިރާގައި މަސައްކަތް ކުރި ކޮންމެ މީހަކު ވެސް މިކަމާ އެއްބަސްވާނެ އެވެ.
މާކެޓިންއަށް އަންނަ މިކަހަލަ ބަދަލުތަކަށް އެންމެ ފަރިތަ ދިވެހި އެއް
ކުންފުންޏަކީ ޕަބްލިސިޓީ ބިއުރޯ ސްޓޫޑިއޯސް (ޕީބީއެސް) އެވެ.
ޕީބީއެސްއަކީ
މީގެ 10 އަހަރު ކުރިން، 2015ގައި އުފެއްދި ކުންފުންޏެވެ. އެ ކުންފުނި އުފެއްދި
މައިގަނޑު މަގްސަދަކީ މާކެޓިންގެ ވަށައިގެން ހުރި ސުވާލުތަކަށް ޖަވާބު ހޯދައިދީ،
ދިވެހި ބްރޭންޑުތައް ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގުގައި ވެސް
އިތުރު ހަރުފަތަކަށް ގެންގޮސްދިނުމެވެ.
ފާއިތުވެދިޔަ
އަހަރުތަކުގައި ރާއްޖޭގައި ފެނުނު، ދިވެހި ކުންފުންޏަކުން ހިންގި އެންމެ ކާމިޔާބު
މާކެޓިން ކެމްޕޭންތަކަށް ބަލައިފި ނަމަ ޕީބީއެސްގެ މަސައްކަތްތައް ފެންނާނެ އެވެ.
މިއީ އެ ކުންފުނީގައި ހިމެނޭ ތަޖުރިބާކާރު ޓީމުގެ ހީވާގި މަސައްކަތާއި
ޕްރޮފެޝަނަލިޒަމް ދައްކުވައިދޭ ޕްރޮޖެކްޓުތަކެވެ.
އޭގެ
ތެރޭގައި:
އުރީދޫއާ އެކު ކުރިއަށްގެންދިޔަ ރާއްޖޭގެ ފުރަތަމަ އޯގްމެންޓަޑް ރިއަލިޓީ ކެމްޕޭން
އެމްޕީއެލް، އެންޑީއޭ، އެފްއެސްއެމް ފަދަ ބޮޑެތި ކުންފުނިތަކުގެ ރީބްރޭންޑިން މަސައްކަތް
ކުންފުނީގެ ޕޯޓްފޯލިއޯގައި ރާޔާ ބައި އެޓްމޮސްފިއާ ފަދަ މަތީ ފަންތީގެ ހޮސްޕިޓާލިޓީ ބްރޭންޑުތައް ވެސް ހިމެނޭ
މީގެ
އިތުރުން 2022 އިން ފެށިގެން ޕީބީއެސްއިން އަންނަނީ އެ ކުންފުނީގެ އައުޓް އޮފް
ހޯމް (އޯއޯއެޗު) އެޑްވަޓައިޒިންގެ ދަށުން މާލޭގެ އެންމެ މުހިންމު
ސަރަހައްދުތަކުގައި ބިލްބޯޑު އަދި ޑިޖިޓަލް އެލްއީޑީ ޖާގަތައް ވެސް
ފޯރުކޮށްދެމުންނެވެ. މިއީ މާލެ ފަދަ ކާރުބާރު ބޮޑު ތަނެއްގައި ބްރޭންޑަކަށް
އިސްތިހާރު ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
ޕީބީއެސްއިން
ދޭ މާކެޓިން ހިދުމަތްތަކުގެ ތެރޭގައި:
އާންމުންނަށް ކަމުދާނެ އަދި ހަނދާނުގައި ހުންނާނެ ކަހަލަ ބްރޭންޑް އައިޑެންޓިޓީ އުފެއްދުން
ބްރޭންޑް ސްޓްރެޓަޖީ
ކޮމިއުނިކޭޝަންސް
އެކްސްޕީރިއެންސް ޑިޒައިން
ޕީބީއެސްގެ
އެންމެ ތަފާތު އެއް ކަމަކީ އެ ކުންފުނިން ޕްލޭނިން މަރުހަލާއަށް ބަހައްޓާ
އަހަމިއްޔަތުކަމެވެ. ކޮންމެ ޕްރޮޖެކްޓެއްގެ ވެސް ކާމިޔާބީ މި މަރުހަލާއާ ގުޅިފައި
އޮންނަކަން، ރަނގަޅު މާކެޓާއަކަށް އެނގޭނެ އެވެ. ޕީބީއެސްއިން އަމާޒަށް ވާސިލުވަނީ
މި މަރުހަލާގައި ދުރާލައި ކަންކަން ރާވާ، ކަސްޓަމަރުން ބޭނުންވާ ކަންކަން ވެސް
ހިމަނައިގެންނެވެ.
ޕީބީއެސްގެ
ހިދުމަތްތަކާއި ކުރާ މަސައްކަތްތަކާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ
ވެބްސައިޓުން ބަލައިލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ