ވެލޮޕްމެންޓް ބޭންކު ހިންގަން ފެށޭނެ ތާރީހެއް ސައީދަށް ވިދާޅުނުވެވުނު
އަންދާޒާކުރި ގޮތަށް ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ބޭންކު ހިންގަން ވަރަށް އަވަހަށް ފެށޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެއްކަމަށް ސަރުކާރުން ބުނެ އެވެ.ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، ޑީބީއެމްއަކީ އެކައުންޓްތައް ހުޅުވައި ފައިސާ ނަގާ ފަދަ ބޭންކެއްނޫން ކަމަށެވެ.އެ ބޭންކަކީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި މުހިންމު ބޭންކެއް ކަމަށް އޭނާ ވިދާޅުވިއެވެ."އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން އަންދާޒާކުރި ގޮތަށް ކުރިއަށް އެބަދޭ، ވަރަށް ބާރު ސްޕީޑުގަ އެބަދޭ،" ސައީދު ވިދާޅުވި އެވެ."ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓަލް ބޭންކު އޮޕަރޭޝަނަލައިޒްވެގެން ދާނެ،"ނަމަވެސް އެ ބޭންކު ހިންގަން ފެށޭނެ ސީދާ ތާރީޚެއް އޭނާ ވިދާޅެއްނުވެއެވެ. ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ. އެކަމަކު، އަދިވެސް އެ ބޭންކްގެ ހިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެ އެވެ. އެ ތަނުގެ ހިދުމަތް ދޭން ނުފެށި އުޅެނިކޮށް މިދިޔަ މާޗު 23، ގައި އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން ފަހުން ވަނީ ހާމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ