ގަތަރު އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް ޘާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް މުޢިއްޒު ގަތަރަށް ވަޑައިގެންނެވީ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ގަތަރު އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް ޘާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލްވުމުގައި ގަތަރުން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ދެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން ދާދި ފަހުން އިޒްރޭލުން ގަތަރަށް ދިން ހަމަލާ, ރައީސް ވަނީ ކުށްވެރި ކުރައްވާފަ އެވެ. އެ ހަމަލާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ރާއްޖެ އޮތީ ގަތަރާއެކުކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
ގަތަރުގެ އަމީރު، ރައީސް މުޢިއްޒުއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ