އޭޝިއާ ސަމިޓްގެ ބައިވެރިންނާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް މުރަކަ އިންދުމުގެ ހަރަކާތް ބާއްވައިފި
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މުރަކަ އިންދުމުގެ ހަރަކާތް ކުޑަގިރި ފަޅުގައި އޮންނަ "ދޫނިޔާ ރެކް" ސަރަހައްދުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިއީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، ހައުސިންް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށްގެންދިޔައީ ރާއްޖޭގައި ކުރިއަށްދާ އޭޝިއާ މީޑިއާ ސަމިޓްގެ ބައިވެރިންނާ އެކުގައެވެ. އޭޝިއާ ސަމިޓްގެ ބައިވެރިންނާއެކު "ދޫނިޔަރ ރެކް" މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން..... ޕީއެސްއެމްއިން ބޭއްވި "އޭޝިއާ މީޑިއާ ސަމިޓް"ގެ ބައިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި 40 ގައުމަކުން 300 އެއްހާ ބައިނަލްއަގުވާމީ މީޑިއާ މަންދޫބުން ވަނީ ބައިވެރިވެފައެވެ. އޭޝިއާ ސަމިޓްގެ ބައިވެރިންނާއެކު "ދޫނިޔަރ ރެކް" މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން..... "ދޫނިޔާ ރެކް" މަޝްރޫއަކީ ވީއެމްސީއާއި އެޗްޑީސީ ގުޅިގެން ހިންގާ 'ރީޖެނެރޭޓިވް ޓޫރިޒަމް' އިސްނެގުމެކެވެ. މިދިޔަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން، ކަނޑުގެ އަޑީގައި އޮތް ދެ މަތިންދާބޯޓު ވަނީ މަސްނޫއީ ފަރެއްގެ ގޮތުގައި އަލާކޮށް، ދިގު މުއްދަތަކަށް ކުރިއަށްގެންދާ މުރަކަ އިންދުމުގެ ނިޒާމަކާ އެކު ތަރައްގީކޮށްފައެވެ. އޭޝިއާ ސަމިޓްގެ ބައިވެރިންނާއެކު "ދޫނިޔަރ ރެކް" މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން..... މިއީ ތިމާވެށި އާލާކުރުމަށާއި، ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކަނޑުއަޑީގެ ވައިގެ ބަނދަރެއްގެ ފަރުމާއަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ސަރަހައްދެކެވެ. މި ހަރަކާތުގައި މަންދޫބުން ވަނީ ޚާއްސަ ފްރޭމްތަކެއްގައި މުރަކަ އިންދުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވެފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީގެ ޓީމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ރިސޯޓުތަކާއި ޖަމިއްޔާތަކުގެ ފަންނީ އެހީތެރިކަމާ އެކު، ސައިންޓިފިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އޭޝިއާ ސަމިޓްގެ ބައިވެރިންނާއެކު "ދޫނިޔަރ ރެކް" މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން..... މިގޮތުން ބައިވެރިންނަށް މުރަކަ ގެންގުޅޭނެ ގޮތާއި އިންދާނެ ގޮތުގެ އިރުޝާދު ފަންނީ ޑައިވް ޓީމުތަކުން ވަނީ ފޯރުކޮށްދީފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މުރަކަ އާލާކޮށް ދިރުން ހުރި މާހައުލެއް ބިނާކުރުމެވެ. މިއީ ކަނޑުގެ ދިރުންތަކަށް ރައްކާތެރި މާހައުލަކަށް ވުމުގެ އިތުރުން، ޑައިވް ކުރާ ފަރާތްތަކަށް މުއްސަނދި ތަޖުރިބާއެއް ލިބޭނެ ތަނެކެވެ. މީގެ އިތުރުން، މިއީ ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ތިމާވެށްޓަށް އަހުލުވެރި 'އީކޯ ކޮންޝަސް' ފަތުރުވެރިކަމަކަށް ރާއްޖެ ކުރާ ދަތުރުގެ މުހިންމު ފިޔަވަޅެކެވެ. އޭޝިއާ ސަމިޓްގެ ބައިވެރިންނާއެކު "ދޫނިޔަރ ރެކް" މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން..... މި ބޮޑު ހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ރިސޯޓުތަކެއްގެ އެއްބާރުލުމާ އެކުގައެވެ. މީގެ ތެރޭގައި އެމްޓީސީސީ، އެމްއޭސީއެލް، ފުލުހުން އަދި ސިފައިންގެ އިތުރުން ޑައިވް ކްލަބްތަކާއި މަޝްހޫރު ރިސޯޓުތައް ހިމެނެއެވެ. އޭޝިއާ ސަމިޓްގެ ބައިވެރިންނާއެކު "ދޫނިޔަރ ރެކް" މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން..... ބައިނަލްއަގުވާމީ މީޑިއާތަކުގެ ބައިވެރިވުމާ އެކު، މި ސަރަހައްދު ވާނީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ކުރެވޭ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމަށް ލިބޭ ދެމެހެއްޓެނިވި މިސާލަކަށް ކަމަށް ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ