ރައްޔިތުންގެ މަޖިލީހުގެ ލ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ވެރިކަންކުރާ މައިޕާޓީ އެމްޑީޕީ އާއި ގުޅިވަޑައިގެންފިއެވެ.
އަލީ ހަމީދު އެމްޑީޕީ އާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވަނީ ބައިވެރިވެފައެވެ. އަލީ ހަމީދު ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.
ލ.އިސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ ހަމީދު އެމްޑީޕީ އާއި ގުޅިވަޑައިގެންފި. ތިޔަ ނިންމެވި ނިންމުމަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވަން. pic.twitter.com/2ryhxAQMc0
— MDP Secretariat (@MDPSecretariat) April 3, 2023
އެމްޑީޕީގެ ފަރާތުން ކުރި ޓްވީޓެއްގައި ވަނީ އަލީ ހަމީދު އެމްޑީޕީއާ ގުޅުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ އޭނާގެ އެނިންމުމަށް ޕާޓީގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ.
އަލީ ހަމީދު އެމްޑީޕީ އާއި ގުޅުމުން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 67 އަށް ބަދަލުވެފައެވެ. މި ދައުރުގެ ރައްޔިތުންގެ މަޖިލިސް 2019 ވަނަ އަހަރު ހުޅުވުނު އިރު އެމްޑީޕީގެ 65 މެމްބަރުން މަޖިލީހުގައި ތިއްބެވެ. އެމްޑީޕީ އާއި މިދައުރުގައި ފުރަތަމަ ގުޅުނު މަޖިލިސް މެމްބަރަކީ ގއ ވިލނިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ. ސައުދަކީ ކުރިން އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު މެމްބަރެކެވެ. ސައުދަށް ފަހު މިއަދު ލ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އެމްޑީޕީ ވަނީ ސޮއިކޮށްފައެވެ.
އެމްޑީޕީ އަށް ފަހު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ އަކީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއެވެ.
ލ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ޖުމްހޫރީ ޕާޓީ ދޫކުރަށްވައި އެމްޑީޕީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ