އަދީބުގެ އާއިލާ އާއި ބައްދަލުކުރުމުގެ ވަގުތު ދިނުމުގައި ތަފާތުކުރާ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި

ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ސިޔާސީ ބޭފުޅުން އާއިލާ އާއި ބައްދަލުކުރުމަށް އިންތިޒާމްކޮށްދޭ ފުރުސަތުތައް ދިނުމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި މެދު ފުލުހުން ތަފާތުކުރުން ގެންގުޅޭ މައްސަލަ ސިވިލްކޯޓުން ބަލައިގެންފިއެވެ.
އެމައްސަލަ ސިވިލްކޯޓަށް ބަލައިގެންފައިވާކަމަށް އަދީބުގެޤާނޫނީ ވަކީލުން ބުނެފައިވާއިރު، އަދީބުގެ ވަކީލުންގެ ޓީމުން މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ނެރުން ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެދަށުގައި ތިބޭ އެހެން މީހުންނަށް ސީދާ އާއިލާއާއި ބައްދަލުކޮށް "އޯޕަން" މާހައުލެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭކަމަށާއި، ނަމަވެސް އަދީބުއަށް އާއިލާއާއި ބައްދަލުކުރެވެނީ ބިއްލޫރި ގަނޑެއްގެ ނިވަލުގައިހުރެ ފޯނުން ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަދީބާމެދު އެގޮތަށް ތަފާތުކުރަމުންދަނީ ގާނޫނު އަސާސީއާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާއި ހިލާފަށް ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅިފައި އޮތުމުން އެކަމުގައި އަދި  އެއްޗެއް ބުނުމަކީ ރަނގަޅުކަމެއްކަމަށް ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ