ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑަށް ސިނާއީ ބޭނުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިން އެޗްޑީސީ އިން އަތުލާފައި ވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ހުޅުމަލެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ހުޅުމާލެ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ސިނާއީ ބޭނުމަށް 2005 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ފުރަތަމަ ދުވަހު ވިލާ ހަކަތައަށް ހުޅުމާލެއިން ބިމެއް ދޫކޮށްފައިވަނިކޮށް އެއްބަސްވުން އުވާލައި އެޗްޑީސީން އެ ބިން ނަގާފައި ވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، އެއްބަސްވުން ބާތިލްކޮށް އެޗްޑީސީ އިން ވިލާ ހަކަތައަށް ފޮނުވާފައިވާ ސިޓީ އަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެމަތިން ބަލާ އިރު އެއްބަސްވުމާ ޚިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.
އެހެންކަމުން އެ އެއްބަސްވުމަށް އިހުތިރާމްކޮށް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ހުޅުމާލޭ ކޯޓުން ވަނީ އެޗްޑީސީއަށް އަންގައިފަ އެވެ.
އެޗްޑީސީ އާއި ވިލާ ހަކަތައާއި މެދު ވެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ސަބަބުން ވިލާ ހަކަތައަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދި ދައުވާ ކުރުމުގެ ހައްގު އެކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް ހުޅުމާލޭ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ވިލާ ހަކަތައަށް ހުޅުމާލެއިން ދޫކުރި ބިން އަތުލީ ޤާނޫނާ ޚިލާފަށްކަމަށް ހުޅުމާލޭ ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ