މިރޭ ކުރަމުންދާ ވިއްސާރައިގައި ހުޅުލެއަށް ހޮނު އަޅާ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
ހުޅުލެއަށް ހޮނު އެޅިކަން މޫސުމާއި ބެހޭ އިދާރާ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވަގުތަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮނު އެޅިތަން އެބޭފުޅާއަށް ފެނިވަޑައިގެންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ ހޮނު އެޅި މަންޒަރު ފެނުނީ ހުޅުލޭގައި ހުންނަ މެޓް އޮފީހުގައި ހުންނަވަނިކޮށް ކަމަށެވެ. އެވަގުތު މެޓް އޮފީހުން ވެސް ކަރަންޓް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހޮނު އެޅީ ސީދާ ކޮންތަނަކަށް ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ ހޮނު އެޅިކަމުގެ ރިޕޯޓް އަދި އެއްވެސް ފަރާތަކުން ކޮށްފައި ނުވާކަމަށެވެ.
    
    ހުޅުލެއަށް ހޮނު އަޅާ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            