އިންޑިއާގެ އިލްކްޓްރީޝަނަކު ހެލްމެޓު ނާޅައި ސައިކަލުު ދުއްވަމުން ދަނިކޮށް ފުލުހުން އޭނާ ހިފަހައްޓައި ޖޫރިމަނާ ކުރުމުން، ރުޅިގަދަވެ ޕޮލިސް ސްޓޭޝަނުގެ ކަރަންޓު ކަނޑާލައިފިއެވެ.
އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ހެލްމެޓު ނާޅައި ދުއްވަފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެވަގުތު މަގުމަތީގައި ތިބި ފުލުހުންނަށް އެމަންޒަރު ފެނި އޭނާ ހުއްޓުވައި 500 ރުފީސް އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެފައިސާ އަނބުރައި ނުދެއްކުމަށް އޭނާ ގަދަ ހެދި ކަމަށް ވެއެވެ.
އެއަށް ފަހުވެސް ފުލުހުން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށާއި، އެމައްސަލަ އާއި ގުޅިގެން ރުޅި ގަދަވެ ޕޮލިސް ސްޓޭޝަނުގެ ވައިރު ބުރިކޮށްލާފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ މައްސަަލަ އާއި ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. މި ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި އެކު ވަޒީފާ ވެސް ގެއްލޭނެ ކަމަށް ވެއެވެ.
އިންޑިއާގެ އާންމު މަގުތަކުގައިވެސް ހެލްމެޓު ނާޅައި ދުއްވުމަކީ މަނާކަމެކެވެ. އަދި ހެލްމެޓު ނާޅައި ދުއްވަނިކޮށް ފުލުހުން ހިފަހައްޓައިފި ނަމަ 500 ރުޕީސް އަށްވުރެ ކުޑަ ނޫން އަދަދަކުން އެމީހަކު ޖޫރިމަނާ ކުރެއެވެ.
ހެލްމެޓު ނާޅައި ދުއްވަނިކޮށް ޖޫރިމަނާކުރުމުން ޕޮލިސް ސްޓޭޝަނުގެ ކަރަންޓު ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ