ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދެނީ
ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ނިންމައި، އެކަމާ ގުޅޭ އުސޫލެއް އާންމުކޮށްފިއެވެ. އެ ކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖްލިސް ބޭއްވުމުގެ ކުރިން، އެ އުސޫލުގެ ޖަދުވަލު 1 ގައިވާ އިޤުރާރުގައި ކައިވެނިވާ ދެފަރާތުންނާއި ވަލީވެރިޔާއާއި ހެކިވެރިން ސޮއިކުރުމަށްފަހު ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ އިގްރާރު ކޯޓަށް ފޮނުވަންޖެހޭނެއެވެ. ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ އެކަށީގެންވާ ވަގުތުކޮޅެއް ކުރިން، ވީޑިއޯ ކޮންފަރެންސް ބޭއްވުމަށް ކޯޓުން ކަނޑައަޅާފައިވާ ޕްލެޓްފޯމަށް ޝަރުއީ މައުޛޫނާއި ކައިވެންޏާ ގުޅޭ ހުރިހާ ފަރާތްތަކުން ސައިން އިންވެ، ހާޒިރުވާންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ. އެ އުސޫލުގައިވާގޮތުން ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައް ހާޒިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރްއީމައުޛޫނު ކަށަވަރު ކުރަންވާނެއެވެ. އެގޮތުން، ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައްހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކޮށް، މަޙްޟަރުކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާޙާޒިރީގައި ސޮއިކުރުމަށްފަހު، ކޯޓުން އަންގާ ގޮތެއްގެ މަތިން ސޮއިކުރި ޙާޒިރީ ކޯޓަށް ވަގުތުންފޮނުވަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ. އެ އުސޫލުގައިވާގޮތުން ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަޤުދު ކޮށްދިނުމަށްފަހު، ކައިވެނިވާ ފިރިހެނާ "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި، އެކަން ޝަރްއީ މައުޒޫނު ކަށަވަރުކުރަންޖެހޭނެއެވެ. ޝަރްއީ މައުޛޫން ކައިވެނިވީ ދެފަރާތަށް ހެޔޮދުއާ ކުރުމަށްފަހު، ދެ ހެކިވެރިންނާ ސުވާލުކޮށް،އެމަޖްލީހުގައި ހިނގައިދިޔަ ކަންކަން ދެހެކިވެރިންނަށް ސާފުވެފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ