މަހަށް ނުކުމެ އުޅުނު ދިވެއްސަކު މަރުވެއްޖެ

ހއ. އިހަވަންދޫ ހިމެނޭ ސަރަހައްދަށް މަހަށް ނުކުމެ އުޅުނު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެ ރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުހައްމަދު އަކުރަމް ވިދާޅުވީ، އުމުރުން 51 އަހަރުގެ އެ ފިރިހެންމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ މެންދުރު 12:50 ހާއިރު ކަމަށެވެ. ނަމަވެސް އެ މީހާ މަރުވީ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް އަދި ސާފެއް ނުވެ އެވެ.
މަރުވީ "އެންޓްރިކް 3" ކިޔާ ކަންނެލި މަސް ދޯންޏެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ.
އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އިހަވަންދޫ މީހަކު ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ