މާލެ-ތިލަފުށި ބްރިޖު: ބޯހޯލް ތޮރުފާތީ ދަތުރުކުރުމުގައި ސަމާލުވާން އަންގައިފި

ގްރޭޓާ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެއާ ވިލިނގިލިއާ ދެމެދު ކަނޑުގެ ސަރަހައްދުގައާ ވިލިނގިލި ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށައިފި އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެއާއި ވިލިނގިލި ދެމެދުގެ ކަނޑުގެ ސަރަހައްދާއި ވިލިނގިލީ ދެކުނު ފަރުމަތީގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން ބޯހޯލް ތޮރުފަން ފަށާފައިވާ ކަމަށެވެ.އެ މަސައްކަތް ކުރިއަށްދާއިރު ޕްލެޓްފޯމު ވަށައިގެންވާ 100 މީޓަރުގެ ސަރަހައްދަކީ ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ނުރައްކާތެރި ސަރަހައްދެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. އެ މަސައްކަތް ނިމޭނެ ދުވަހެއް މިނިސްޓްރީން ނުބުނެ އެވެ. ނަމަވެސް މަސައްކަތް ނިމެންދެން އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވުމަށް ވަނީ އަންގާފަ އެވެ.ހަމައެއާއެކު އެ ސަރަހައްދުގައި ޑައިވް ކުރުމާއި މޫދަށް އެރިއުޅުން ވެސް މިއަދުން ފެށިގެން މަސައްކަތް ނިމެންދެން ވަނީ މަނާކޮށްފަ އެވެ.ސާވޭގެ މަސައްކަތް އަންނަ ޖުލައި މަހު 7 ގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ. އެއަށް ފަހު މި އަހަރު ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ވެސް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. ޕްލޭނިންގ މިނިސްޓްރީން އެ ބްރިޖުގެ ސާވޭ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި 15.994،817 މިލިއަން ޑޮލަރު (246،640،078 މިލިއަން ރުފިޔާ)އަގަކަށް، އަންނަ ޖުލައި ހަތަކަށް ސާވޭ ނިންމާ ގޮތަށެވެ.ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ، އެ މަޝްރޫއުގެ މަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ