އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުއާއި ދެކޮޅާށް ސަފާރީއެއްގެ މައްސަލައިގައި ދައުވާކޮށްފި

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއާއި ދެކޮޅާށް ސަފާރީއެއްގެ މައްސަލައިގައި ސިވިލް ކޯޓުގައި އަމިއްލަ ފަރާތަކުން ދައުވާކޮށްފިއެވެ.
ފަލާހުއާ ދެކޮޅަށް ދައުވާކޮށްފައިވަނީ، ރ. އިންނަމާދޫ، ގްރީންޕީސް، ހުސައިން އާތިފްއެވެ. ސިވިލްކޯޓަށް މި ދައުވާ ހުށަހަޅާފައިވަނީ މިހިނގާ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ.
އޭނާ ކުރި ދައުވާގައި ބުނެފައިވަނީ ފަލާހުގެ ނަމުގައި 2007 ވަނަ އަހަރު ރެޖިސްޓަރ ކޮށްފައިވާ "އަސުރުމާ" ނަމަކަށް ކިޔާ ސަފާރީއަކީ އާތިފްއާއި ވާހަކަ ދެކެވި ދެ ފަރާތުން އެއްބަސްވެގެން، އެ ސަފާރީބަނުމެ މާވަޑިއެއްގެ ގޮތުގައި އާތިފް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ. އެ މަސައްކަތް ކޮށްފައިވަނީ ސަފާރީން ލިބޭ އާމްދަނީގެ މަންފާގެ 20 ޕަސަންޓު އާތިފް އަށް ދޭގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ދެ ފަރާތުން އެއްބަސްވި ގޮތަށް ސަފާރީ އޮޕަރޭޓް ކޮށްގެން ލިބުނު މަންފާ އާތިފް އަށް ދީފައި ނުވާކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ. މިހާރު އެ ސަފާރީ ވިއްކާލާފައިވާއިރު ސަފާރީ ވިއްކާލި ފައިސާއިން ވެސް އާތިފް އަށް އެއްވެސް މިންވަރެއް ދީފައިނުވަކަމަށް ދައުވާގައި ބުނެފައިވެއެވެ.
ފަލާހްއަކީ އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ނައިބުރައީސްކަން ވެސް ކުރައްވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ