ބާ ކައުންސިލުގެ ރައީސަކަށް މައުމޫން ހަމީދު ހޮވައިފި

މިއަދު ކުރިއަށް ދިޔަ ބާ ކައުންސިލްގެ އިންތިހާބުގެ ވޯޓުލުމުގައި އެ ކައުންސިލުގެ ރައީސްގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު އިންތިހާބުކޮށްފި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސްކަމަށް މައުމޫން އިންތިހާބުކޮށްފައި ވާއިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
މިހާތަނަށް ގުނި ވޯޓަށް ބަލާއިރު މައުމޫނަށް ވަނީ 267 ވޯޓު ލިބިވަޑައިގެންފަ އެވެ. އަދި ސުއޫދަށް ލިބިވަޑައިގެންނެވީ 196 ވޯޓެވެ. މިހާތަނަށް ނުގުނާ އޮތް ހަމައެކަނި ފޮށިން ސުއޫދަށް ކުރި ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.
ބާ ކައުންސިލުގެ ރައީސްކަމަށް މައުމޫނާ ވާދަކުރެއްވީ ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދެވެ. އަދި ނައިބު ރައީސްކަމަށް މުއިއްޒާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމުގައި ތިއްބަވާނީ އެޓާނީ ޖެނެރަލާއި، ވޯޓުން ހޮވާ ރައީސަކާއި، ނައިބު ރައީސަކާއި، ހަ މެމްބަރުންނެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ