ޕްލާސްޓިކް ފުޅި ބޭނުން ކުރުން ސުޕްރީމް ކޯޓުންވެސް ހުއްޓާލައިފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފިއެވެ.
ގައުމީ ކެމްޕޭނުގައި ބައިވެެރިވުމުގެ ގޮތުން އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލީ ކަމަށް ސުޕްރީމް ކޯޓުންވަނީ ބުނެފައެވެ.
މި ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން އެއްފަހަރު ބޭނުން ކޮށްފައި އުކަލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ފެން އަޅާ ރީޔޫސަބަލް ބިއްލޫރި ފުޅި މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިގޮތަށް މިކަން ނިންމާފައިވާއިރުވެސް ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކުން އަންނަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރަމުންއެވެ. ރައީސް އޮފީހުންވެސް ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި މެންބަރުންނަށް ފެން ފޯރުކޮށްދިނުމަށް އެހެން ގޮތްތަކެއް ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ