މޯދީ އަށް އޮތް ތާއީދު ދެއްކުމަށް ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން އެއާޕޯޓަށް!

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމެވުމަށް ފަހު މިއަދު ހެނދުނު އެއާޕޯޓަށް ވަޑައިގެންނެވުމާއެކު ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން އެމަނިކުފާނު މަރުހަބާ ދަންނަވައިފި އެވެ.
ރާއްޖެ އިން ފުރާވަޑައިގެންނެވުމަށް މޯދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. އެމަނިކުފާނު އެއާޕޯޓަށް ވަޑައިގެންނެވިއިރު، އެތަނުގައި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ތިއްބެވެ.
ސޯޝަލް މީޑިއާގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ރާއްޖޭގައި އެކި މުހިއްމު މަސައްކަތްތައް ކުރަމުން އަންނަ އިންޑިއާގެ ރައްޔިތުންނެވެ. އެމީހުން ތިބީ އެއާޕޯޓުގެ ބޭރުގައި މަޑުކޮށްގެންނެވެ. Dear citizens of the Republic of Maldives,I am humbled by the affection I have received in you wonderful nation. Thank you for being great hosts. I also thank the Government for the hospitality. This visit will lead to stupendous outcomes, adding vigour to bilateral ties. pic.twitter.com/CpgWmtmUfX— Narendra Modi (@narendramodi) June 9, 2019
އޭގެ ތެރެއިން ގިނަ މީހުން ތިބީ މޯދީ އަށް ތައުރީފުކޮށް މެސެޖުތައް ލިޔެ، ޕޯސްޓަރު ހިފައިގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން އިންޑިއާގެ ދިދަ ވެސް ގެންގުޅުނެވެ.
ޓީޗަރުންނާއި ޑޮކްޓަރުން އަދި ނަރުހުންނާއި އިންޖިނަރުން ފަދަ ބައެއް މުހިއްމު ވަޒީފާތައް އަދާ ކުރުމަށް ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ