އުމަރު ނަސީރުގެ ސެކިއުރިޓީ އަލުން މުރާޖަޢާ ކުރަން ފުލުހުން ނިންމައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުން ދެމުން އަންނަ ސެކިއުރުޓީ އަލުން މުރާޖަޢާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމަރަށް ސެކިއުރިޓީ ދެމުން އަންނަނީ އޭނާ އަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޖުލައި 31، 2016 އިން ފެށިގެން ކަމަށެވެ.
އުމަރުގެ ސެކިއުރިޓީ މީގެ ކުރިން ވަނީ އެތައް ފަހަރަކު ރިވިއު ކޮށްފަ އެވެ. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ވެސް ރިވިއު ކުރި ކަމަށް ފުލުހުން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު އޭނާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި ހަރަކާތްތަކައް ހިނގާ ރާއްޖެއިން ގޭންގްތައް ނައްތާލުމަށް ބައެއް މަސައްކަތްތައް ވެސް ކޮށްފައެވެ.
އުމަރަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހެޅީ 2016 ގަ އެވެ. ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިފަހުން ހިނގި އެހާދިސާއާ ގުޅިގެން އޭރު އުމަރު ވިދާޅުވީ އޭނާއަށް އިންޒާރު ދިނީ ގޭންގަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އޭނާއަށް ސެކިއުރިޓީ ދެމުން އަންނަނީ އޭރުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ