މޫސުން ގޯސްވެ، އުތުރުގެ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ އެސަރަހައްދަށް މިއަދު ހެނދުނު 08:00 އިން މެންދުރު 12:00 އަށް، ޔެލޯ އެލާޓު ނެރެފައެވެ. މެޓް އޮފީހުން ބުނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި 50 މޭލު ވައި ގަދަ ވާނެ ކަމަށެވެ.
އޭގެ އިތުރުން މެޓް އޮފީހުން ވަނީ މެދުތެރޭ އަތޮޅުތަކަށް ވައިޓް އެލާޓުވެސް ނެރެފައެވެ. އެގޮތުން މެދުތެރޭ އަތޮޅުތަކަށް އެވަރެޖްކޮށް 23- 29 މޭލުގެ ބާރު މިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 45 މޭލު ބާރު މިނުގައި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާއިރު ރާއްޖޭގެ ކަނޑުތަށް އުތުރާއި މެދުތެރޭގައި ގަދަވާނެ އަދި ދެކުނގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވެ، އުތުރުގެ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ