ޔާމީން ރަޝީދުގެ މަރު: މިއަދު އަޑުއެހުން ބޭއްވިއިރު ގާޒީ ވަނީ ބަދަލުކޮށްފައި

ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ބަދަލުކޮށްފި އެވެ.
ގިނަ ދުވަސްތަކަކަށްފަހު މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު 10:00 ގައި ވަނީ ބާއްވާފަ އެވެ. މިއަދު ކުރިއަށް ގެންދިޔެއީ އިބްތިދާއީ އަޑުއެހުމެކެވެ.
މިއަދު އަޑުއެހުން ބޭއްވިއިރު، މައްސަލަ ބައްލަވާ ގާޒީ ވަނީ ބަދަލުކޮށްފަ އެވެ. ކުރިން މި މައްސަލަ ބެއްލެވީ ގާޒީ އިބްރާހިމް އަލީ އެވެ. މިހާރު މައްސަލަ ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސައިން އެވެ.
ޔާމީނުގެ މަރުގެ މައްސަލައިގެ ގިނަ އަޑުއެހުންތައް ސިއްރުކޮށްގެން ބޭއްވުމަށްފަހު، މިދިޔަ އަހަރު ވަނީ ބައެއް އަޑުއެހުންތައް ހުޅުވާލައިގެން ބާއްވަން ފަށާފަ އެވެ.
މިއަދުގެ އަޑުއެހުން ވެސް ކުރިއަށް ގެންދިޔެއީ ހުޅުވާލައިގެންނެވެ. އަޑުއެހުން ނިންމަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އިތުރު އިބްތިދާއީ އަޑުއެހުމެއް މިމަހުގެ 27 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
ޔާމީން މަރާލި މައްސަލާގައި ދައުވާ ކުރަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އެ މީހުންގެ މައްޗައް ކުރަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.
އިތުރު ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ