ފަސް ރަށެއްގެ ކަރަންޓު ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފި

ފަސް ރަށެއްގެ ކަރަންޓު ހިދުމަތް ރަނގަޅު ކުރަން ބޭނުންވާ ސާމާނު އެ ރަށްރަށަށް ފޮނުވުމަށް ފެނަކައިން ތައްޔާރުވެއްޖެ އެވެ.
ފެނަކަ އިން ވަނީ ލ. ގަން ތުނޑި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ތ. ގުރައިދޫ އަދި ލ. ފޮނަދޫ އަށް ބޭނުންވާ ޖެންސެޓް ފޮނުވާލުމުގެ މަސައްކަތް ފަށައިފަ އެވެ.
ލ. ފޮނަދޫ އަށް ފޮނުވަނީ އެކެއް މެގަވޮޓްގެ ޖެން ސެޓެކެވެ. ގުރައިދޫ އަށް 800 ކިލޯވޮޓު، ގދ. ތިނަދޫ އަށް އެކެއް މެގަވޮޓް ގއ. ވިލިނގިއްޔަށް އެކެއް މެގަވޮޓް އަދި ލ. ގަން ތުނޑި އަށް 800 ކިލޯވޮޓްގެ ޖެންސެޓް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެތަކެތި ފުރުވާލުމަށް ރޭ މެންދަމު ވަނީ ލޯޑުކޮށްފައި ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މިދިޔަ މަހު ސީއެންއެމް އަށް ވިދާޅުވީ ރަށްރަށުގެ ކަރަންޓު ހިދުމަތް ރަނގަޅު ކުރުމަށް މިއަހަރުގެ މިހާތަނަށް 163 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ