ޖަނަރޭޓަރުތަކެއް ޓެސްޓު ކުރާތީ ހުޅުމާލެ އިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގައި ޖަނަރޭޓަަރުތަކެއް ޓެސްޓު ކުރަމުންދާތީ ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި، ހުޅުމާލޭގައި އަލަށް ގާއިމް ކުރަމުންދާ "ފިފްތު ޕަވާ ޕްރޮޖެކްޓު"ގެ ދަށުން ބެހެއްޓޭ ޖަނަރޭޓަރުތައް ކަމިޝަން ކުރުމާއި ރިލެއިބިލިޓީ ޓެސްޓުތައް މިހާރު ދަނީ ކުރެވެމުންނެވެ. އަދި، މި މަސައްކަތް ކުރެވެމުންދާއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ނަމަވެސް، މި މަަރުހަލާގައި ހިދުމަތް މެދުކެނޑި މި މަސައްކަތް ނިންމުމަކަށް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި މި ޕްރޮޖެކްޓުގެ ސަބަބުން ހުޅުމާލޭގެ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
މި ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ މުޅި ހުޅުމާލެ އިން ވަނީ ކަރަންޓު ކެނޑިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ