އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެޖެންޑާ 19 ބަލި ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ފައިސަލް އިބްރާހިމްގެ ކެމްޕެއިނަށް އެއަވަށުގައި ބޭއްވި ޖަލްސާއެއްގައި އުމަރު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކުރެއްވޭނެ ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު (ނުކުމެ) މިހުރީ އެ ފިކުރު ބަލި ކުރުމަށް، އިންތިޚާބުގައި އެމްޑީޕީގެ ފިކުރު ބަލިކުރަން ޖެހޭ އެމްޑީޕީގެ "އެޖެންޑާ 19" ބަލި ކުރުމަށް ކޮންމެ ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވެސް މަސައްކަތްކޮށް ދެއްވަން ތައްޔާރު،" އުމަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އިދިކޮޅު ޕީޕީއެމް-ކޮންގްރެސް ޕާޓީގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް އުމަރު ވިދާޅުވީ މިދިޔަ 13 އަހަރު ދުވަހު، އެމްޑީޕީއާ ދިމާލަށް ނުބަލާ މަދު މީހުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ އޭނާ ކަމަށެވެ.
ރޭ ޕީޕީއެމް-ކޮންގްރެސް ޕާޓީގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް އުމަރު ވާހަކަ ދެއްކެއްވިއިރު ވަޒީރުކަމުން އިސްތިއުފާ ދެއްވި ފަހުން އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ބައެއް ސިޔާސަތުތައް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ.
މި ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، “އިންޑިއާ ސިފައިން ފައިބާ” ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިއްޔެ ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އުމަރު ވަނީ ދާދި ފަހުން ހުޅުވާލާފައެވެ.
އިންތިހާބުގައި އެޖެންޑާ 19 ބަލި ކުރަން ޖެހޭ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ